މުލަކުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އަންނަ މަހު ފަށަނީ

Advertisement

މުލަކުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އަންނަ މަހު ފަށަނީ

ޢަލީ ޝަހީމް
މިއަހަރު ބޭއްވި މުއްނި ކަޕްގެ ޗެމްޕިއަންކަން ހޯދި މިސްޔޫ ޓީމް. ފޮޓޯ: މުއްނި ކަޕް

މ. މުލަކު ޒުވާނުންނަށް އަމާޒުކޮށްގެން މުލަކުއަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ހަސަން (މުއްނި) ބާއްވާ މުއްނި ކަޕް ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. މިއީ މުއްނިގެ އިސްނެންގެވުމުގެ މަތިން އެރަށުގެ ޒުވާނުންނަށް ބާއްވާ ދެ ވަނަ މުބާރާތެވެ.

މުއްނި ކަޕްގެ ފުރަތަމަ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަހަރުގެ އޮގަސްޓް މަހު އެވެ. އެމުބާރާތް މުލަކުގެ މިސްޔޫ ޓީމުން ހޯދިއިރު ދެ ވަނަ ހޯދީ ދަ ގޯޅިއަންސް އެވެ. އޮގަސްޓް މަހު ބޭއްވި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކޮންމެ އަހަރަކުވެސް ޒޯން މުބާރާތުގައި ފާހަގަކޮށްލެވޭ އެރަށަށް އުފަން އާދަމް ޝަހީމް (އާނަ) އެވެ.

ފުރަތަމަ މުބާރާތުގެ ރަނަރަޕް ޓީމް ދަ ގޯޅިއަންސް. ފޮޓޯ: މުއްނި ކަޕް

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ކުޅިވަރުގެ މައިދާނުގައި ޒުވާނުންނަށް އޮތް ފުރުސަތުތައް އިތުރު ކުރުން ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ރާއްޖޭގައި ފޯރިއާއެކު ކުރިއަރަމުން އަންނަ ފުޓްސަލް އިން ހުނަރުވެރި ޒުވާނުންތަކެއް އުފައްދައި ގައުމީ ލެވެލްގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި މުބާރާތް ޒުވާނުންނަށް ހާއްސަ ކުރުމުގެ އެއް ސަބަބު ކަމަށް އިންތިޒާމު ކޮމިޓީން ބުނެފައިވެއެވެ. މިފަހަރުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާ އެވެ.

މުލަކަކީ ފުޓްބޯޅައިގެ ފޯރި އިންތިހާއަށް އޮންނަ ރަށެވެ. ކޮންމެ އަހަރަކުވެސް ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެރަށުން ބައިވެރިވާއިރު އެޓީމު 2016 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދައި ޒޯން ބުރުގައި ކުޅެފައެވެ. މިނިވަން ފުޓްބޯޅަ މުބާރާތުގެ ކުރިން ދެހާހުގެ ކުރީކޮޅު ބާއްވަމުން އައި ޒޯން މުބާރާތްތަކުގައި އެރަށަކީ އެންމެ ކާމިޔާބު ޓީމެވެ. އެދުވަސްވަރު އެރަށުން ވަނީ އަށް ފަހަރު ޒޯން މުބާރާތް ކާމިޔާބު ކޮށްފައެވެ. ފުޓްބޯޅައިގައި އެރަށުން ފާހަގަ ކޮށްލެއްވުނު އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު އިބްރާހީމް (ކައްޕި) އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *