ފަހިމަގު ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލް މެޗުތައް މިއަދު

Advertisement

ފަހިމަގު ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލް މެޗުތައް މިއަދު

ޢަލީ ޝަހީމް
މުބާރާތުގެ ތެރެއިން. ފޮޓޯ: ފަހިމަގު ފޯރި ފޭސްބުކް

ހދ. ވައިކަރަދޫ ޒުވާނުންނަށް އަމާޒުކޮށްގެން “ފަހިމަގު ފުޓްސަލް ޗެލެންޖް 2018” ގެ ނަމުގައި އެރަށުގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މިއަދު ކުޅޭނެއެވެ. ސެމީ ފައިނަލަށް ހޮވުނީ ވާޑްސް އާއި ޔޫތް ފޯޓީގެ އިތުރުން ވީއެޗްސީ އަދި އީސްޓް ރުށްގަނޑެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ މެޗުގައި ވާޑްސް ނުކުންނާނީ ޔޫތް ފޯޓީއާ ދެކޮޅަށެވެ. އަދި ސެމީގެ ދެ ވަނަ މެޗުގައި މިއަދު ހަވީރު ފަހެއް ޖަހާއިރު ބައްދަލުކުރާނީ ވީއެޗްސީ އަދި އީސްޓް ރުށްގަނޑެވެ.

މުބާރާތުގައި އަށް ޓީމަކުން ވާދަކުރާއިރު ސެމީ ފައިނަލަށް ހޮވުނީ ކޮންމެ ގްރޫޕަކުންވެސް އެއް ވަނަ އަދި ދެވަނަ ހޯދި ޓީމުތަކެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ފަހިމަގު ފުޓްސަލް ޗެލެންޖުގެ އިންތިޒާމް ކޮމިޓީން ބުނީ މި މުބާރާތް ކުރިއަށްގެންދިއުމުގެ ބޭނުމަކީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކޮށް އަދި އިޖުތިމާއީ ގޮތުން ރަށުގެ ރައްޔިތުން ބަދަހިކުރުން ކަމަށެވެ. އަދި، މި މުބާރާތުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުން ހަރުދަނާވެގެން ދާނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިފަހަރު 8000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ޒުވާނުން އިސްނަގައިގެން މި މުބާރާތް ކުރިއަށްގެންދަނީ އެރަށުގެ ކައުންސިލްގެވެސް އެހީތެރިކަމާއެކު އެވެ. އިންތިޒާމު ކޮމިޓީން ބުނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި މުބާރާތް އެރަށުގައި ބާއްވަން ގަސްތުކުރާކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • ޔޫތް ފޯރޓީ ޓީމުން ވަނީ ކުޅިވަރުގެ ރޫޙާ ހިލާފަށް އިއްޔެ ކުޅުނު މެޗްގެ ރެފްރީ އާއި މާރާމާރި ހިންގާފަ