އެލަޔަންސް ފުޓްސަލް ކަޕްގެ ފައިނަލް މެޗު މިއަދު

ހއ. ބާރަށު އެލަޔަންސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ބާއްވާ “އެލަޔަންސް ފުޓްސަލް ކަޕް 2018” ގެ ފައިނަލް މެޗު މިއަދު ކުޅޭނެއެވެ. މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކަމަނައޮޅު އެފްސީ އަދި ކެޕިޓަލް ބޯއީޒް އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ތިން ޓީމު ވާދަކުރި އެވެ. ފުރަތަމަ މެޗުގައި ކަމަނައޮޅު އެފްސީ ވަނީ އެލަޔަންސް ސްޕޯޓްސް ކްލަބާ ވާދަކޮށް 8-7 އިން މޮޅުވެފައެވެ. ސެމީގެ ދެ ވަނަ މެޗުގައި ކެޕިޓަލް ބޯއީޒް ވަނީ 7-2 އެލަޔަންސް ސްޕޯޓްސް ބަލިކޮށްފައެވެ. އެލަޔަންސް ސްޕޯޓްސް ސެމީގެ ދެ މެޗުންވެސް ބަލިވުމުން ފައިނަލުގެ ދެ ޖާގަ ކަމަނައޮޅު އެފްސީ އަށާއި ކެޕިޓަލް ބޯއީޒް އަށް ޔަގީންވިއެވެ. ސެމީގެ ތިން ވަނަ މެޗުގައި މި ދެޓީމުގެ ކުރިމަތިލުން 8-4 އިން ކާމިޔާބުކުރީ ކަމަނައޮޅު އެފްސީ އެވެ. މުބާރާތުގައި 11 ޓީމަކުން ބައިވެރިވިއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރު އެވެ.
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ކަނޑައަޅައިފައި ވާއިރު ދެވަނަ ޓީމަކަށް 5،000 ވަނީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
Advertisement


Leave a Reply