ރޮނާލްޑޯގެ ގޯލުން މޮޅުވެ ޔުުވެންޓަަސް ފަސްނުބަލައި ކުރިއަށް

Advertisement

ރޮނާލްޑޯގެ ގޯލުން މޮޅުވެ ޔުުވެންޓަަސް ފަސްނުބަލައި ކުރިއަށް

އަބްދުﷲ ޝަހީމް

އިޓާލިއަން ލީގުގައި ގައި ރޭ ރަށުން ބޭރުގައި ޓޭބަލްގެ ހަވަނައިގައި އޮތް ޓޮރިނޯ އާ ވާދަކޮށް 0-1 އިން ޔުވެންޓަސް މޮޅުވެއްޖެއެވެ. މިހާރުވެސް ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް މި މޮޅާއެކު 11 ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފައެވެ. އެކަމަކު 35 ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގައި އޮތް ނަޕޯލީ އަށް އެ ފަރަގު އަށް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު މިރޭ އެބަ އޮތެވެ. ނަޕޯލީ މިރޭ ރަށުން ބޭރުގައި ވާދަކުރާނީ ޓޭބަލްގެ ތޭރަ ވަނައިގައި އޮތް ކަލިއާރީ އާއެވެ.

ރޭ ލީގްގައި ޔުވެންޓަސް އިން ކުޅުނު މެޗްގައި އެ ޓީމުން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗްގެ 70 ވަނަ މިނެޓްގައި ރޮނާލްޑޯ ލަނޑު ޖަހައިފައިވަނީ ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އަކީ މެޗްގެ ކުރީކޮޅު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޓޮރިނޯގެ ކީޕަރު ސަލްވާޑޯ އިކާޒޯ ޔުވެންޓަސްގެ ފޯވާޑް މާރިއޯ މަންޒުކިޗް ޕެނަލްޓީ އޭރިޔާގެ ތެރެއިން ވައްޓާލުމުން ލިބުނު ޕެނަލްޓީ އެކެވެ. މިއީ ރޮނާލްޑޯ މިސީޒަންގައި ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެވެ. އަދި މިއީ ލީގުގައި އޭނާ ކާމިޔާބުކުރި އެގާރަ ވަނަ ގޯލެވެ.

މި މެޗްގައި ޓޮރިނޯ އަށް ލަނޑު ޖަހާނެ ރަގަޅު ދެ ފުރުސަތު ލިބުނެވެ. އެކަމަކު ޓޮރިނޯގެ އަމަންޑޯ އިއްޒޯ ޔުވެންޓަސްގެ ގޯލަށް އަމާޒުކޮށް ބޮލުން ފޮނުވާލި ބޯޅަ ގޯލް ދަނޑި މަތިން ބޭރަށް ދިއުމުގެ އިތުރުން އެ ޓީމްގެ އަންދްރޭ ބެލޮއްޓީ ފޮނުވާލި ބޯޅައެއް ޔުވެންޓަސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ޔުވެންޓަސްއަށް މާ ރަނގަޅު ކުޅުމެއް މެޗްގައި ނުދެއްކުނު ނަމަވެސް ލީޑް ފުޅާކުރުމާ ގާތަށް މި މެޗްގައި އެ ޓީމް ދިޔައެވެ. ޕެނަލްޓީ ކާމިޔާބުކުރިތާ ކުޑައިރުކޮޅެއް ފަހުން އެޓީމުގެ މަންޒުކިޗް ޓޮރިނޯގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ.

މިސީޒަންގައި ޔުވެންޓަސް މިހާތަނަށް ލީގްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މިހާތަނަށް ކުޅުނު ސޯޅަ މެޗްގެ ތެރެއިން ފަނަރަ މެޗް އެޓީމުން ކާމިޔާބުކޮށްފައިވާއިރު އެ ޓީމަށް ހަމައެކަނި ޕޮއިންޓް ގެއްލުނީ ލީގްގެ ސާދަ ވަނައިގައި އޮތް ޖެނޯއާ އާއެކު ކުޅުނު މެޗް އެއްވަރުވުމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *