ބަންގްލަދޭޝް އަތުންވެސް ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެ

Advertisement

ބަންގްލަދޭޝް އަތުންވެސް ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެ

ފަހުމިނެޓް
ބަންގްލަދޭޝް އާއި ރާއްޖޭގެ ޖޫނިއާ ޓީމް ބައްދަލުކުރި މެޗުގެ ތެރެއިން. - ފޮޓޯ: ތައިލެންޑް އެފްއޭ

ތައިލެންޑުގެ ބުރިރާމް ޕްރޮވިންސްގައި މިހާރު ކުރިޔަށްދާ 15 އަހަރުން ދަށުގެ ޔޫތު އިންޓަރނޭޝަނަލް މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖޭގެ ޖޫނިއާ ފުޓުބޯޅަ ޓީމް ކުޅުނު ތިންވަނަ މެޗުންވެސް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ. ބަންގްލަދޭޝްއާ ވާދަކޮށް ރާއްޖެ ބަލިވީ 10-0 އިންނެވެ.

މެޗުގެ ކޮންމެ ހާފެއްގައި ބަންގްލަދޭޝް އިން ރާއްޖެ ކޮޅަށް ފަސް ގޯލު ޖަހާފައި ވާއިރު މުބާރާތުގައި ރާއްޖެ ކޮޅަށް ޖުމްލަ 38 ގޯލު ވަދެފައި ވެއެވެ. ރާއްޖެއަށް ގޯލެއް ނުޖެހޭއިރު، ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑު އަތުން 11-0 އިން ވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ސައިޕްރަސް އަތުން ބަލިވީ 17-0 ގެ ބޮޑު ތަފާތަކުންނެވެ.

Advertisement

ލީގު އުސޫލުން ކުރިޔަށްދާ މި އިންވިޓޭޝަނަލް މުބާރާތުގައި ތާވަލުގެ ފުލުގައި ރާއްޖެ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. މިމުބާރާތުގެ ފަހުމެޗުގައި ތައިލެންޑާއި ސައިޕްރަސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ. މެޗު އެއްވަރުވާނަމަ ޗެމްޕިއަންކަން ލިބޭނީ ކުޅުނު ދެމެޗުން ވެސް މޮޅުވި ސައިޕްރަސް އަށެވެ.

ރާއްޖޭގެ ޖޫނިއާ ޓީމުގެ ގިނަ ކުޅުންތެރިންނަކީ މިލެވެލްގައި މުޅިން އަލަށް ކުޅޭ ކުޅުންތެރިންނެވެ. މިއަހަރު ބޭއްވި 13 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި ކުޅުނު ގިނަ ކުޅުންތެރިންތަކަކަށް ވަނީ މި ޓީމުން ޖާގަ ދީފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *