ކުރީގެ ކުޅިވަރު ތަރިންގެ ފަހުގެ ވާހަކަތައް "ފަހުމިނެޓް" އަށް

Advertisement

ކުރީގެ ކުޅިވަރު ތަރިންގެ ފަހުގެ ވާހަކަތައް “ފަހުމިނެޓް” އަށް

އަބްދުﷲ ޝަހީމް

އެކި ކުޅިވަރުތަކުގައި ރާއްޖޭގައި ކުރިން މަޝްހޫރުކަން ހޯދައިފައިވާ ކުޅުންތެރިންނާއި ކޯޗުންނާއި އަދި އެނޫންވެސް ކުޅިވަރުގެ ހިދުމަތްތެރިންގެ ވާހަކަތައް “ފަހުމިނެޓް” އިން ގަވައިދުން ގެނެސްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ކުރީގެ ކުޅިވަރު ތަރިންގެ ވާހަކަތައް “ފަހުމިނެޓް” އިން ހާއްސަ ސަމާލުކަމެއް ދީގެން ގެނެސްދޭން ނިންމީ މި ނޫހަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ކުޅިވަރުގައި ކުރިއަށްދާ އަދި ކުރިއަށްދިއުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށްގެންދާ ނޫހަކަށް ވެފައި ކުޅިވަރުގެ އަހްލާގްހުރި ރަގަޅު ޖީލެއް ބިނާކުރުމަށްޓަކައި ކުރީގެ މަޝްހޫރު ކުޅިވަރު ޝަހްސިއްޔަތުތަކުގެ ވާހަކަތައް ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމަކީ މުހިއްމު ކަމެއްކަމަށް މި ނޫހުން ދެކޭތީއެވެ. އަދި، މީގެ އިތުރުން ކުރީގެ މަޝްހޫރު ގިނަ ކުޅިވަރު ތަރިންނަކީ އެކި ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަމާއި ޝަރަފް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް ކުޅިވަރު ކުރިއެރުވުމަށްޓަކައި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކެއް ކަމަށްވާތީ އެކަންކަމުގެ އަގު ވަޒަންކުރުމަކީވެސް މުހިއްމު ކަމެއް ކަމުގައި މި ނޫހުން ދެކޭތީއެވެ.

Advertisement

މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު މި ނޫހުގައި ޝާއިއު ކުރާގޮތަށް ހަމަޖެހިފައިވާ މި ސިލްސިލާ އާޓިކަލް ތަކުގައި ކުރީގެ ކުޅިވަރު ތަރިންގެ މާޒީއަށް ކުރު ގޮތަކަށް ބަލައިލުމުގެ އިތުރުން މިހާރު އެފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި، އެތަރިއަކު ނިސްބަތްވާ ކުޅިވަރެއްގެ މިހާރުގެ ހާލަތާ މެދު ދެކޭ ގޮތް ގެނެސްދެވޭނެއެވެ. މިގޮތުން މި ނޫހުގައި މިއަދު ޝާއިއުކުރުމަށް ހަމަޖެހިފައިވާ މި ސިލްސިލާގެ ފުރަތަމަ އާޓިކަލްގައި ގެނެސްދޭނީ ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ގައުމީ ޓީމަށްވެސް ކުޅެފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޟިރުޣާމް ސަޢީދު (ލަރޭ) ގެ ވާހަކަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *