ބަންގްލަދޭޝް އިން ތައިލެންޑް ހިފަހައްޓައިފި، ރާއްޖެއަށް މިވަނީ ކިހިނެއް؟

Advertisement

ބަންގްލަދޭޝް އިން ތައިލެންޑް ހިފަހައްޓައިފި، ރާއްޖެއަށް މިވަނީ ކިހިނެއް؟

ފަހުމިނެޓް
މުބާރާތުގައި ވާދަކުރާ ޖޫނިއާ ގައުމީ ޓީމް. ރާއްޖޭގެ ކުޅުންތެރިންނަށް މި ލެވެލްގައި ލިބޭ ތަޖުރިބާ މަދު. ފޮޓޯ: ތައިލެންޑް އެފްއޭ

ތައިލެންޑުގެ ބުރިރާމް ޕްރޮވިންސްގައި މިހާރު ކުރިއަށްދާ ޔޫއެފާ 15 އަހަރުން ދަށުގެ ޔޫތު އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ ޓީމް އިއްޔެ ތައިލެންޑާ ދެކޮޅަށް ކުޅުނު މެޗް 1-1 އިން އެއްވަރުވެއްޖެއެވެ.

ރާއްޖެވެސް ހިމެނޭގޮތަށް ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި ދެން ވާދަކުރަނީ، ޔޫރަޕުގެ ގައުމެއް ކަމަށްވާ ސައިޕްރަސްގެ ޖޫނިއާ ޓީމެވެ. ލީގު އުސޫލުން ކުރިއަށްދާ މިމުބާރާތުގައި ކޮންމެ ޓީމެއް ވެސް ކުޅެންޖެހޭ ތިން މެޗުގެ ތެރެއިން ދެމެޗު މިހާރު ވަނީ ކުޅެފައެވެ. ބާކީ ކޮންމެ ޓީމަކަށްވެސް އޮތީ އެންމެ މެޗެކެވެ.

Advertisement

ސައިޕްރަސް އަކީ ދުނިޔޭގެ ނިސްބަތުން ކުޑަޔަސް ކުރިއަރަމުން އަންނަ ޔޫރަޕުގެ ގައުމެކެވެ. އެޓީމުން ވަނީ މިމުބާރާތުގައި ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައެވެ. ދެމެޗްގައި އެޓީމުން 21 ގޯލު ޖެހިއިރު ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދެއެވެ.

ރާއްޖެއާ ތައިލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން. މުބާރާތުގެ ދެ މެޗުންވެސް ރާއްޖެ ބަލިވީ ބޮޑު ތަފާތަކުން. ފޮޓޯ: ތައިލެންޑް އެފްއޭ

މުބާރާތް ބާއްވާ ތައިލެންޑަކީ އޭޝިޔާ ފުޓުބޯޅައިގައި ނަގާކިޔާ ގައުމެކެވެ. އެގައުމުގެ ޖޫނިއާ ޓީމް ކުޅުނު ދެމެޗްގައި 12 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. ބަންގްލަދޭޝަކީ ދެކުނު އޭޝިޔާގައިވެސް މެދުފަންތީގެ ގައުމެކެވެ. ކުރިއެރުންތަކެއް ހޯދަމުން އަންނަ ގައުމެކެވެ. ފުރަތަމަ މެޗުގައި 4-0 އިން ސައިޕްރަސް އަތުން ބަލިވިޔަސް އެޓީމުވަނީ ދެ ވަނަ މެޗުގައި ތައިލެންޑާ 1-1 އިން އެއްވަރުކޮށްފައެވެ.

ދެން އޮތީ ރާއްޖެއެވެ. ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ތައިލެންޑާ ވާދަކޮށް 11-0 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ސައިޕްރަސް އަތުން ބަލިވީ 17-0 އިންނެވެ. ރާއްޖޭގެ ޓީމުން ގޯލެއް ނުޖަހާއިރު ބައިކޮޅަށް ވަތް ގޯލުގެ އަދަދު 28 އަށް އަރައެވެ. އުމުރުފުރާގެ މުބާރާތަކަށް ވިޔަސް މިއީ މަދު އަދަދެއް ނޫނެވެ. ކުޅުންތެރިންގެ އިސްކޮޅާ ހަށިގަނޑުން އެހެން ޓީމުތަކުގެ ކުޅުންތެރިން ރާއްޖޭގެ ކުޅުންތެރިންނާ ހާސްބައި ތަފާތެވެ. ނަމަވެސް އެއީ އުޒުރެއްކަމަށް ގަބޫލް ކުރެވިގެން ނުވާނެއެވެ. ނަމަވެސް ތަޖުރިބާ ނެތުން އެއީ އުޒުރަކަށް ވުން ގޯހެއް ނޫނެވެ.

ރާއްޖޭގެ ކުޅުންތެރިއެއް އަތުން ތައިލެންޑުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ. ޖޫނިއާ ފުޓްބޯޅައަށް ކުރިއެރުން ބޭނުންވޭ. ފޮޓޯ: ތައިލެންޑް އެފްއޭ

ރާއްޖޭގެ ޖޫނިއާ ޓީމް ދެން ކުޅޭނީ މުބާރާތުގައި ކުޅޭނެ އެންމެ ފަހު މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝް އަކީ ރާއްޖެއަށް އާ ނަމެއް ނޫނެވެ. ބަންގްލަދޭޝް ވަނީ ދެކުނު އޭޝިޔާގެ 15 އަހަރުން ދަށުގެ ސަރަހައްދީ މުބާރާތް ދެފަހަރު ކާމިޔާބު ކޮށްފައެވެ. ބަންގްލަދޭޝްގެ ޖޫނިއާ ޓީމް ރާއްޖޭގެ ޖޫނިއާ ޓިމާ މިއަހަރުގެ ސަރަހައްދީ މުބާރާތުގައި ބައްދަލުކުރިއިރު 9-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ބަންގްލަދޭޝްގެ ޖޫނިއާ ޓީމެވެ. ޖޫނިއާ އުމުރުފުރައިގައި ސަރަހައްދުގެ ޗެމްޕިއަނުންނަކީވެސް ބަންގްލަދޭޝް އެވެ. މާދަމާ ރާއްޖެ ގަޑިން މެންދުރުފަހު ދޭއް ޖަހާއިރު ރާއްޖޭގެ ޖޫނިއާ ޓީމް ބަންގްލަދޭޝްއާ ވާދަކުރާއިރު މޮޅަކަށްވުރެ ރާއްޖޭގެ ޓީމުން މަސައްކަތްކުރާނީ ބައިކޮޅަށް ވަންނަ ގޯލުގެ އަދަދު މަދުކުރުމަށެވެ.

ތައިލެންޑާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން. ބަންގްލަދޭޝް ވަނީ މި އަހަރު ނޭޕާލުގައި އޮތް 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފަ. ފޮޓޯ: ތައިލެންޑް އެފްއޭ

ކޮންމެއަކަސް ޖޫނިއާ ލެވެލްގެ ފުޓްބޯޅައިގައި ރާއްޖޭގެ ޓީމުތަކަށް ނަތީޖާ ނުނެރެވުމަކީ ފުޓްބޯޅައިގެ ކުރިމަގަށް އޮތް ބިރެކެވެ. ސަރަހައްދުގެ ކޮންމެ ޓީމަކުން ރާއްޖޭގެ ޖޫނިއާ ޓީމު ކައިރިން ފަސޭހަކަމާއެކު މޮޅުވާއިރު މިއީ ފުޓްބޯޅައިގެ ތަރައްގީއަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް ވިސްނަން ޖެހޭ ކަމެކެވެ. ޓުވާޑްސް ފިއުޗާގެ ނަމުގައި ރާއްޖޭގައި މިހާރު ޖޫނިއާ ކުޅުންތެރިން ކުރިއަރުވަން މަސައްކަތް ކުރާއިރު އެ ކުޅުންތެރިންނަށް ބޭނުންވާ ތަޖުރިބާ ހޯދައިދީ ސަރަހައްދުގެ ޓީމުތައް ބަލިކުރެވޭ ފެންވަރުގެ ޓީމެއް ބިނާ ނުކުރެވިއްޖެ ނަމަ ފުޓްބޯޅައިން ބަނަ ދުވަސްތަކެއް ފެނުމުގެ ފުރުސަތު ބޮޑެވެ. އުއްމީދަކީ ފުޓްބޯޅައިގެ ޒުވާން ޖީލު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތާއެކު ނަތީޖާއިން އެކަމުގެ އަސަރު ފެނުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • Nikan atholu thakuge kudhin gaumee team eh hovaabala. Maa molhuves vaane male kudhinnah vure. Rahrashuge talented kudhinnah furusathu dheynjehey… Fam in

  • Bangladesh than thanun naganee hageege gaume team eh. Scout kurevigen hunaru huri kudhinnah furusathu thanavas kohdheegen
    nagaa gaumee team eh.
    Ekamu raajje in mi gendhanee hama ekani Male’ ga ulhey kudhin kolheh ekkolaagen noony hama ekani male school thakun kiriyaa bolhaiga dhe faharaku jahaalevey baeh gaumee team ey kiyaafa.. rangalhu gaumee team eh negeynee hunaru hoadhan rah rashah ves gosgen. Rahrashuga thibi hunaru verinnah furusathu dhevigen.

  • އެނގިފައިވާ ގޮތުގައި ޓީމް ނަގާފައިވަނީ ހަމައެކަނި މާލެ އިންނެވެ.