އެލަޔަންސް ފުޓްސަލް ކަޕްގެ ސެމީ ފައިނަލަށް ޓީމުތައް ހޮވިއްޖެ

Advertisement

އެލަޔަންސް ފުޓްސަލް ކަޕްގެ ސެމީ ފައިނަލަށް ޓީމުތައް ހޮވިއްޖެ

ޢަލީ ޝަހީމް
މުބާރާތުގެ މެޗެއްގެ ތެރެއިން. ފޮޓޯ: އެލަޔަންސް ސްޕޯޓްސް ކްލަބް

ހއ. ބާރަށު އެލަޔަންސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ބާއްވާ “އެލަޔަންސް ފުޓްސަލް ކަޕް 2018” ގެ ސެމީ ފައިނަލްގެ ޖާގަތަކަށް ޓީމުތައް ހޮވިއްޖެ އެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދިއުމަށްފަހު ކުއާޓާ ފައިނަލަށް ހޮވުނު ޓީމުތަކުގެ މެދުގައި މެޗުތައް ކުޅެފައިވަނީ އިއްޔެ އެވެ. ކުއާޓާ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށް ސެމީގެ ތިން ޖާގަ ކަށަވަރުކުރީ ކަމަނައޮޅު އެފްސީ އާއި އެލަޔަންސް ސްޕޯޓްސް އަދި ކެޕިޓަލް ބޯއީޒް އެވެ.

Advertisement

ސެމީ ފައިނަލް މެޗުތައް ހިމެނޭގޮތަށް މުބާރާތުގެ މެޗް ޝެޑިއުލް. ފޮޓޯ: އެލަޔަންސް ސްޕޯޓްސް ކްލަބް

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކަމަނައޮޅު އެފްސީ ނުކުންނާނީ އެލަޔަންސް ސްޕޯޓްސް އާ ދެކޮޅަށެވެ. ސެމީގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު އެލަޔަންސް ސްޕޯޓްސް އާއި ކެޕިޓަލް ބޯއީޒް ވާދަކުރާއިރު ތިން ވަނަ ސެމީގައި ހޮނިހިރު ދުވަހު ހަވީރު ކެޕިޓަލް ބޯއީޒް ނުކުންނާނީ ކަމަނައޮޅު އެފްސީއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ތިން މެޗަށްފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭނެއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މި އަހަރުގެ މުބާރާތުގައި އެރަށުގެ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ކަނޑައަޅައިފައި ވާއިރު ދެވަނަ ޓީމަކަށް 5،000 ވަނީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *