ތިންވަނަ ޑިވިޝަން މުބާރާތުގެ ކުއާޓާ ފައިނަލަށް ޓީމުތައް ހޮވިއްޖެ
ރާއްޖޭގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ޓީމުތައް ހޮވިއްޖެއެވެ. ކުއާޓާގެ ފަހު ތިން ޖާގަ ކަށަވަރު ކޮށްފައިވަނީ ރޮކް ސްޓްރީޓާއި މުއިވެޔޮ ފްރެންޑްސް އަދި ސުޕަރ ޔުނައިޓެޑެވެ.
ރޮކް ސްޓްރީޓް ވަނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮފު އެފްސީއާ ވާދަކޮށް، 4-1 އިން މެޗު ކާމިޔާބު ކޮށްފައެވެ. މިއާއެކު އެޓީމަށް ގުރޫޕް 4 ގެ އެއްވަނަ ލިބެނީ ހަތް ޕޮއިންޓާއެކު އެވެ.
ވިޔަންސާ އަތުން 4-1 އިން މޮޅުވެ، މުއިވެޔޮ ފްރެންޑްސް ވެސް ގުރޫޕް 5 ގެ އެއްވަނަ ހޯދާ ކުއާޓާއަށް ދިޔައިރު ގުރޫޕް 6 ގެ އެއްވަނަ ހޯދީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އެވެ. ސުޕަރ ޔުނައިޓެޑް ވަނީ މެޗުގެ ކުރިން ހަ ޕޮއިންޓާއެކު އެއްވަނާގައި އޮތް ބެންޗް ސްޕޯޓްސް 6-1 އިން ބަލިކޮށް، ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ހޯދާފައެވެ.
އަށް ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ކުއާޓާ ފައިނަލަށް ދިޔައީ ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ ޓީމެވެ. ކުއާޓާ ފައިނަލުގެ މެޗުތައް މިއަދު ފަށާއިރު، ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގެ މެޗްތަކާއި ފައިނަލް މެޗް ކުޅެވިގެންދާނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.
ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް 2018 ގެ ކުއާޓާ ފައިނަލް މެޗުތައް:
13 ޑިސެމްބަރ 15:45 : ކޮންފެރޭ (ގުރޫޕް 1) – ބުރުު ސްޕޯޓްސް (ގުރޫޕް 2)
13 ޑިސެމްބަރ 21:00 : ލެގޫންސް (ގުރޫޕް 3) – ރޮކް ސްޓްރީޓްް (ގުރޫޕް 4)
14 ޑިސެމްބަރ 15:45 : މުއިވެޔޮ ފްރެންޑްސް (ގުރޫޕް 5) – ސުޕަރ ޔުނައިޓެޑް (ގުރޫޕް 6)
14 ޑިސެމްބަރ 21:00 : ސެންޓް ސްޕޯޓްސް (ގުރޫޕް 7) – ދި ބައުސް (ގުރޫޕް 8)
Advertisement
Leave a Reply