އެމްޕީ ކަޕް ފައިނަލްގައި ވަންދޫ އާއި ހިރިލަންދޫގެ ކުރިމަތިލުން މާދަމާ

Advertisement

އެމްޕީ ކަޕް ފައިނަލްގައި ވަންދޫ އާއި ހިރިލަންދޫގެ ކުރިމަތިލުން މާދަމާ

ޢަލީ ޝަހީމް
އެމްޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން. ފޮޓޯ: ހިރިލަންދޫ ފުޓްބޯޅަ ޓީމް ފޭސްބުކް

ތ. ކިނިބިދޫ ދާއިރާގެ ރަށްތަކަށް އަމާޒުކޮށްގެން ރިޒާޔު ފައުންޑޭޝަނުން ބާއްވާ “އެމްޕީ ކަޕް 2018” ގެ ފައިނަލުގައި ވަންދޫ އާއި ހިރިލަންދޫ ވާދަކުރަން ޖެހިއްޖެ އެވެ. ކިނިބިދޫ ދާއިރާގެ ފަސް ރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ފެށީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. ކިނބިދޫއާ ހިރިލަންދޫގެ އިތުރުން މުބާރާތުގައި ބައިވެރިވީ އޮމަދޫ، ކަނޑޫދޫ އަދި ވަންދޫ އެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ މެދުގައި ލީގު އުސޫލުން ކުޅުނު ބުރަށްފަހު ފައިނަލަށް ދަތުރުކުރީ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ. ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއެކު އެއް ވަނަ ޓީމުގެ ގޮތުގައި ވަންދޫ ފައިނަލަށް ދަތުރުކުރި އިރު ހިރިލަންދޫއަށް ފައިނަލުގެ ޖާގައެއް ލިބުނީ ދެ ވަނަ ޓީމުގެ ގޮތުގައެވެ. ކިނިބިދޫ އާއި ހިރިލަންދޫ އަށްވެސް ހަތް ޕޮއިންޓް ލިބުނުއިރު ހިރިލަންދޫއަށް ފައިނަލުގެ ޖާގައެއް ލިބުނީ ފައިދާ ގޯލު ގިނަވުމުންނެވެ. އެޓީމަށް ފައިދާ ފަސް ގޯލު ލިބުނުއިރު ކިނބިދޫއަށް ފައިދާ ގޯލެއް ލިބިފައެއް ނުވެއެވެ.

މުބާރާތުގެ ފައިނަލަށް މި ދެޓީމު ދަތުރުކުރިއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި ދެޓީމުގެ ކުރިމަތިލުން 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މުބާރާތް ކުރިއަށްދާ ވަންދޫ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ދެ ފަހަރު ޗެމްޕިއަންކަން ހޯދި ކިނބިދޫ އެވެ. އެޓީމު ވަނީ 2014 އަދި 2017 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދައިފައެވެ. ކިނބިދޫގެ އިތުރުން މި މުބާރާތް ކާމިޔާބު ކުރި ދެ ރަށަކީ މާދަމާ ފައިނަލުގައި ކުޅޭ ވަންދޫ އަދި ހިރިލަންދޫ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ހިރިލަންދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިނބިދޫ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *