ޖޫނިއާ ފުޓްބޯޅަ ޓީމް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

Advertisement

ޖޫނިއާ ފުޓްބޯޅަ ޓީމް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

ފަހުމިނެޓް
ސައިޕްރަސްއާ ދެކޮޅަށް ކުޅުނު ރާއްޖޭގެ 15 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް. - ފޮޓޯ: އެފްއޭއެމް

ތައިލެންޑުގައި ކުރިއަށްދާ 15 އަހަރުން ދަށުގެ ޔޫތު އިންޓަނޭޝަނަލް ޓޯނަމަންޓުގައި ރާއްޖޭގެ ޖޫނިއާ ޓީމް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ. ސައިޕްރަސްއާ ވާދަކޮށް ރާއްޖެ ބަލިވީ 17-0 އިންނެވެ.

މެޗުގެ ފުރަތަމަ ވިއްސަކަށް މިނިޓު ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ބެލެންސްޑް ގޭމެއް ކުޅެން މަސައްކަތް ކޮށްފައެވެ. ސައިޕްރަސްގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނިޓުގައި ފެނުނުއިރު އެޓީމުން ވަނީ ފުރަތަމަ ހާފުގައި އަށް ގޯލު ޖަހާފައެވެ.

ސައިޕްރަސްގެ ފަރާތުން ގިނަ ފައުލްތަކެއް ފެނުނު މިމެޗުގައި ރާއްޖޭގެ ކުޅުންތެރިންނަށް ވަނީ ގާތްގާތުގައި ފަރުވާދޭން ޖެހިފައެވެ.

ލީގު އުސޫލުން ކުޅޭ މި އިންވިޓޭޝަނަލް މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ޓީމު ކުޅޭ ފަހުމެޗްގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. މިމެޗް އޮންނާނީ އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު ރާއްޖެ ގަޑިން މެންދުރު 2 ޖަހާއިރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *