ރޫނީ އާއި އާއިލާ ވައިޓްހައުސް އަށް

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ވައިޓް ހައުސް އަށް ޒިޔާރާތްކޮށްފިއެވެ. ރޫނީ އާއެކު އޭނާގެ އަންހެނުން ކޮލީން އާއި އެދެމީހުންގެ ހަތަރު ކުދިންވެސް އެމެރިކާގެ ރައީސް ދިރިއުޅުއްވާ ގެކޮޅަށް ޒިޔާރަތްކުރިއެވެ.
އެމެރިކާގެ ކްލަބެއް ކަމަށްވާ ޑީސީ ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ ރޫނީ ވައިޓްހައުސްއަށް މި ދިޔައީ ހަބަރުތައް ބުނާގޮތުގައި އެތަނުގައި ބޭއްވި ޕާޓީއެއްގައި ބައިވެރިވުމަށެވެ. 33 އަހަރުގެ މި ކުޅުންތެރިޔާ ވައިޓްހައުސްއަށް ކުރި ޒިޔާރަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފިރިހެން ދަރިފުޅު ބެރަންއާ ބައްދަލުކޮށް ފޮޓޯ ނަގައިފައިވެއެވެ. އުމުރުން 12 އަހަރުގެ ބެރަން ވަނީ ޑީސީ ޔުނައިޓެޑްގެ ޔޫތް ޓީމަށްވެސް ކުޅެފައެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހްގައިވެސް އެ ކްލަބަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ރޫނީ އިނގިރޭސި ކްލަބް އެވަޓަން އިން ޑީސީ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ ޖޫން މަހުއެވެ. ރޫނީ ވަނީ މިހާތަނަށް ޑީސީ ޔުނައިޓެޑަށް 12 ގޯލް ކާމިޔާބުކޮށްދީފައެވެ.
Advertisement


Leave a Reply