ރައީސް މައުމޫނުގެ ހާއްސަ ދައުވަތެއް ލިވަޕޫލް ސަޕޯޓަރުންނަށް

Advertisement

ރައީސް މައުމޫނުގެ ހާއްސަ ދައުވަތެއް ލިވަޕޫލް ސަޕޯޓަރުންނަށް

ޢަލީ ޝަހީމް
ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއް ރައީސް މައުމޫނު ބައްލަވާލައްވަނީ. އެމަނިކުފާނަކީ އިނގިރޭސި ކްލަބް ލިވަޕޫލްގެ ސަޕޯޓަރެއް

އިނގިރޭސި ކްލަބް ލިވަޕޫލަށް އިންތިހާއަށް ސަޕޯޓްކުރައްވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއެކު މެޗެއް ބެލުމުގެ ދައުވަތު ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންނަށް އެމަނިކުފާނު ދެއްވައިފި އެވެ. އަންނަ އާދީއްތަ ދުވަހުގެރޭ ލިވަޕޫލް ދަނޑުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރާ މެޗު ބަލަން ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންނަށް މައުމޫނު ދައުވަތު ދެއްވީ ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް ވައިބާ ގްރޫޕްގައި މިއަދު އެވެ.

މައުމޫނުގެ މެސެޖުގައި ވަނީ ލިވަޕޫލާ ޔުނައިޓެޑް މިމަހުގެ 16 ވާ އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗު ބަލަން ލިވަޕޫލް ސަޕޯޓަރުން އެމަނިކުފާނާއެކު ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓަށް އެރޭ 8:30 އަށް ދިއުމަށެވެ. ކުޑަ އިވެންޓެއް ގޮތަށް ގެންދާ މި ހަރަކާތް ހޯސްޓް ކުރައްވާނީވެސް އެމަނިކުފާނެވެ.

Advertisement

ވައިބާ ގްރޫޕުގައި މައުމުނޫ ލިވަޕޫލް ސަޕޯޓަރުންނަށް ދެއްވި ދައުވަތު

މައުމޫނަކީ އަބަދުވެސް ކުޅިވަރަށް ޝައުގުވެރިކަން ބަހައްޓަވާ، ކުރިން ކްރިކެޓްވެސް ކޮންމެވެސް ވަރަކަށް ކުޅުއްވި ބޭފުޅެކެވެ. ފަހަކަށް އައިސް އެމަނިކުފާނު ފާހަގަ ކުރެވެނީ ލިވަޕޫލަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ބަހައްޓަވާ ސަޕޯޓަރެއް ގޮތަށެވެ. ކުރިންސުރެވެސް ލިވަޕޫލަށް ސަޕޯޓްކުރައްވާ މައުމޫނަކީ އެމަނިކުފާނުގެ ޓްވިޓާގައި ލިވަޕޫލާ ގުޅޭ މުހިއްމު ހަބަރުތައްވެސް ހިއްސާކުރައްވާ ބޭފުޅެކެވެ.

ލީގުގައި 42 ޕޮއިންޓާއެކު ލިވަޕޫލް މިވަގުތު އެއް ވަނައިގައި އޮތްއިރު މިހާތަނަށް ލީގުގައި އެޓީމު ބަލިވެފައެއް ނުވެއެވެ. މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޔުނައިޓެޑް އޮތީ 26 ޕޮއިންޓާއެކު ހަ ވަނައިގައެވެ. މިހާތަނަށް ޔުނައިޓެޑުން 20 ފަހަރު ލީގު ކާމިޔާބުކޮށްފައިވާއިރު ލިވަޕޫލަށް ލީގު ލިބިފައިވަނީ 18 ފަހަރު އެވެ. އިންގްލެންޑްގައި އޮތް އެންމެ ކާމިޔާބު އަދި ވާދަވެރިކަން ބޮޑު މި ދެޓީމުގެ ކުރިމަލުންތަކަށް މުޅި ދުނިޔޭގެ މީޑިއާގެ ސަމާލުކަން އަބަދުވެސް ހުއްޓެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *