ފަހިމަގު ފުޓްސަލް ޗެލެންޖް ވައިކަރަދޫގައި މިއަދު ފަށަނީ

Advertisement

ފަހިމަގު ފުޓްސަލް ޗެލެންޖް ވައިކަރަދޫގައި މިއަދު ފަށަނީ

ޢަލީ ޝަހީމް
މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފަހިމަގު ފޯރި ފޭސްބުކް

ހދ. ވައިކަރަދޫގައި ޒުވާނުންނަށް އަމާޒުކޮށްގެން “ފަހިމަގު ފުޓްސަލް ޗެލެންޖް 2018” ބާއްވަން ނިންމައި މުބާރާތުގެ ކުޅުން މިއަދު ފަށާގޮތަށް ހަމަޖެހިއްޖެ އެވެ. މިއީ އެރަށުގެ ޒުވާން ކުދިންކޮޅެއް އިސްނަގައިގެން މި ނަމުގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި އެރަށުގެ އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ. ގްރޫޕް އޭ ގައި ހިމެނެނީ އެފްސީ ރުއްގަނޑު، އެފްސީ ޖަރާސީމް، ވާޑްސް އަދި ވީއެޗްސީ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ އުތުރު ނައިންޓީސް، އީސްޓް ރުއްގަނޑު، ޔޫތް ފޯޓީ އަދި ބެސްޓް ފެމިލީ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ގްރޫޕް އޭ ގައި ހިމެނޭ އެފްސީ ރުއްގަނޑު އަދި އެފްސީ ޖަރާސީމް އެވެ.

Advertisement

މިއަދުން ފެށިގެން މި މުބާރާތް ކުރިއަށްދަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތައް ސެމީއަށް ހޮވޭއިރު ސެމީ ފައިނަލުގެ ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހު އެވެ.

މުބާރާތުގެ މެޗް ޝެޑިއުލް. ފޮޓޯ: ފަހިމަގު ފޯރި ފޭސްބުކް

ފަހިމަގު ފުޓްސަލް ޗެލެންޖުގެ އިންތިޒާމް ކޮމިޓީން ބުނީ މި މުބާރާތް ކުރިއަށްގެންދިއުމުގެ ބޭނުމަކީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކޮށް އަދި އިޖުތިމާއީ ގޮތުން ރަށުގެ ރައްޔިތުން ބަދަހިކުރުން ކަމަށެވެ. އަދި، މި މުބާރާތުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުން ހަރުދަނާވެގެން ދާނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިފަހަރު 8000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ޒުވާނުން އިސްނަގައިގެން މި މުބާރާތް ކުރިއަށްގެންދަނީ އެރަށުގެ ކައުންސިލްގެވެސް އެހީތެރިކަމާއެކު އެވެ. އިންތިޒާމު ކޮމިޓީން ބުނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި މުބާރާތް އެރަށުގައި ބާއްވަން ގަސްތުކުރާކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *