ފުލުގައި އޮތް ޓީމް އަތްދަށުނުވެ ރެއާލް ސަލާމަތްވީ ކިރިޔާ

Advertisement

ފުލުގައި އޮތް ޓީމް އަތްދަށުނުވެ ރެއާލް ސަލާމަތްވީ ކިރިޔާ

އަބްދުﷲ ޝަހީމް

ސްޕެނިޝް ލީގުގައި ރޭ ޓޭބްލްގެ އެންމެ ފުލުގައި އޮތް އެސްޑީ ހުއެސްކާ އާ ބައްދަލުކުރި މެޗުން ރެއާލް ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗް ރެއާލް އިން ކާމިޔާބުކުރީ 0-1 އިންނެވެ. މި މޮޅާއެކު ރެއާލް ވަނީ 26 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. ޓޭބަލްގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ރެއަލް މެޑްރިޑާ ދެމެދު އޮތީ 5 ޕޮއިންޓްގެ ތަފާތެވެ.

ރޭ ކުޅުނު މެޗްގައި ރެއާލް އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ހަވަނަ މިނެޓްގައި ގެރެތު ބޭލްއެވެ. މި ލަނޑަކީ ބޭލްއަށް ލީގުގައި ގޯލެއް ނުޖެހި ދިހަ މެޗް ދިއުމަށްފަހު ކާމިޔާބުކުރެވުނު ފުރަތަމަ ގޯލެވެ. އަނެއްކޮޅުން މެޗްގެ ނަތީޖާ ހަމަހަމަކުރަން ހުއެސްކާ އަށް ރަނުގެ ފުރުސަތެއް ފަހު ހާފް ފެށުނު ތަނާ ކަހަލަ ގޮތަކަށް ލިބުނެވެ. އެކަމަކު ގޯލާ ވަރަށް ކައިރީގައި ހުރެ ގޮންޒާލޯ މެލޭރޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

Advertisement

ހުއެސްކާއަށްވުރެ ގިނަ އިރު ރެއާލްއިން މެޗްގައި ބޯޅަ ގެންގުޅުނު ނަމަވެސް މެޗްގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފައިވަނީ ހުއެސްކާ އިންނެވެ. މިގޮތުން ހުއެސްކާގެ ހުއާން ކެމީލޯ ހެނާންޑޭޒް ރެއާލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބާރު ބޯޅައާއި، މޮއި ގޯމޭޒް ފޮނުވާލި ހިލޭ ޖެހުން ފާހަގަކޮށްލެވެއެވެ. އިތުރު ވަގުތުގައި ގޯމޭޒް ފޮނުވާލި އެ ހިލޭ ޖެހުން ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައީ ރެއާލްގެ ކީޕަރު ކޯޓުއާ އަތުން ޖައްސައި ފޮނުވާލުމުންނެވެ.

ހުއެސްކާއަކީ ލަލީގާ އަށް މިއަހަރު އަލަށް ޕްރޮމޯޓްވި ޓީމެކެވެ. އަދި، މިއީ ސްޕެއިންގެ ޓޮޕް ލީގުގައި އެ ކްލަބް ކުޅޭ ފުރަތަމަ ފަހަރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *