ވީއޭއެމް ޖޫނިއާ ވޮލީބޯޅަ ޔޫތް ޗެމްޕިއަންޝިޕް ފަށައިފި

Advertisement

ވީއޭއެމް ޖޫނިއާ ވޮލީބޯޅަ ޔޫތް ޗެމްޕިއަންޝިޕް ފަށައިފި

ޢަލީ ޝަހީމް
މިއަދު ހަވީރު ވޮލީބޯޅަ އެކަޑެމީއާ އަލްމާ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ވޮލީބޯޅަ އެސޯސިއޭޝަން

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން ޖޫނިއާ ވޮލީބޯޅަ ޔޫތް ޗެމްޕިއަންޝިޕް މިއަދު ފަށައިފިއެވެ. 19 އަހަރުން ދަށުގެ ދެޖިންސަށް އަމާޒުކޮށްގެން މާލޭގައި ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އަންހެން ބައިގައި ބައިވެރިވި ހަތަރު ޓީމަކީ އަލްމާ ސްޕޯޓްސް ކްލަބް، ވޮލީބޯޅަ އެކަޑެމީ، ވޮލީބޯޅަ ޔޫތް ނިއު ޖެނަރޭޝަން އަދި އައްޑޫ ސްޕޯޓްސް ކްލަބެވެ. ފިރިހެން ބައިގައި ބައިވެރިވީ ކްލަބް ވޮލީބޯލް، ސެންސް، ވޮލީބޯލް ފެމިލީ އެސޯސިއޭޝަން އަދި މަލްސަން ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުންވެސް އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކެވެ. ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

Advertisement

މުބާރާތުގެ ކުޅުން މިއަދު ހަވީރު ފެށިއިރު ފުރަތަމަ ކުޅުނީ އަންހެން ބައިގެ މެޗެކެވެ. އަލްމާ ސްޕޯޓްސް ކްލަބާ ވާދަކޮށް މިއަދުގެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވޮލީބޯޅަ އެކަޑެމީގެ ޓީމެވެ. އެޓީމުން މިއަދުގެ މެޗުގައި ސެޓުތައް ގެންދިޔައީ 25-12، 25-4 އަދި 25-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮލީބޯޅަ އެކަޑެމީގެ ޝަހާ ޝާމިން އެވެ. މިރޭ ކުޅޭނީ ފިރިހެން ގްރޫޕުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި މިރޭ 8 ޖަހާއިރު ކްލަބް ވޮލީބޯލް އާއި ސެންސް ވާދަކުރާއިރު ދެވަނަ މެޗުގައި މިރޭ 21:15 ގައި ވޮލީބޯލް ފެމިލީ އެސޯސިއޭޝަން އަދި މަލްސަން ސްޕޯޓްސް ކްލަބް ވާދަކުރާނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *