ސެންޓޭގެ ކޮއްކޮ ޖޫނިއާ ގައުމީ ޓީމަށް ނަގައިފި

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިދިޔަ ދެ އަހަރުވެސް ހޯދި ކުޅަދާނަ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ ކޮއްކޮ އަބްދުﷲ ފާސިރު ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ނަގައިފިއެވެ. ޔޫއެފާ ޔޫތް އިންޓަނޭޝަނަލް ޓޯނަމެންޓް 2018 ގައި ބައިވެރިވުމަށް ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމް ތައިލެންޑަށް ފުރީ މިރެއެވެ.
ބ. އޭދަފުއްޓަށް އުފަން ސެންޓޭ އަކީ މިފަހަރު ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް ރާއްޖޭން ކާމިޔާބުކުރި ލަނޑު ފައިނަލް މެޗުގައި ޖެހި ކުޅުންތެރިޔާއެވެ. އޭދަފުއްޓަކީ އެއްވަނަ ޑިވިޝަނަށް ގިނަ ކުޅުންތެރިންތަކެއް ނެރެދޭ ރަށެވެ. ސެންޓޭގެ އިތުރުން އޭނާގެ ބޭބެ މުހައްމަދު ފާސިރު (ފާއްޓެ) އަކީވެސް ކުރިން އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަށް ކުޅުނު ކުޅުންތެރިއެކެވެ. ސެންޓޭ އާއެކު 2009 ވަނަ އަހަރު އޭވައިއެލް އަށް ކުޅުނު އޭނާގެ ބޭބެ އެއްވަނަ ޑިވިޝަނުގެ ފުޓްބޯޅަ ދޫކޮށްލީ އަނިޔާގެ ސަބަބުންނެވެ.
Proud moment ❤️
Good luck my little brother Adulla Fasir, and the under-15 national football team participating in the UEFA Youth International Tournament 2018 held in Buriram, Thailand. All the best! ???? pic.twitter.com/YPnHOw0Pp9— Ali Fasir (@Sentey7) December 7, 2018
އުމުރުން މިހާރު 14 އަހަރުގެ އަބްދުﷲ ފާސިރު އަކީ އެރަށުގައި މިހާރު ހުރި އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާއެވެ. ގައުމީ ޓީމާއެކު ފުރުމުގެ ކުރިން އަބްދުﷲ ފާސިރު ވަނީ ދާދި ފަހުން ބޭއްވި ދުޅަހެޔޮ ހަށިހެޔޮ އީދުގެ ފުޓްބޯޅަ އިވެންޓުގައި 19 އަހަރުން ދަށުގެ ޓީމަށް ފުރަތަމަ އެގާރައިގައި ކުޅެފައެވެ. “ފަހުމިނެޓް” އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ފާސިރު އެ މެޗަށް ގެންދިޔައީ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އޭދަފުއްޓަށް ކުރި ދަތުރެއްގައި ފާސިރުގެ ކުޅުން ފެނިގެންނެވެ. ގައުމީ ޓީމާއެކު ފުރިއިރު ފާސިރަކީ އެރަށު ސްކޫލުގައި ތައުލީމް ހާސިލްކުރާ ދަރިވަރެކެވެ.

މިރޭ ތައިލެންޑަށް ފުރި 15 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް
15 އަހަރުން ދަށުގެ ގައުމީ ޓީމް ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ނޭޕާލްގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އެ މުބާރާތުގައި ނޭޕާލާ ވާދަކޮށް 4-0 އިން ބަލިވިއިރު ޓީމު މުބާރާތުން ކެޓީ ބަންގްލަދޭޝްއާ ވާދަކޮށް 9-0 އިން ބަލިވުމުންނެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވަނީ މުބާރާތް ބާއްވާ ތައިލެންޑާއި 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ބަންގްލަދޭޝް އާއި ސައިޕްރަސް އެވެ.
ރާއްޖޭގައި ޒުވާން ކުޅުންތެރިން އުފެއްދުމުގެ ގޮތުން އަތޮޅު ތެރޭގައި ތިބި ހުނަރުވެރި ކުޅުންތެރިން މާލެ ގެނެސް ތަމްރީނު ދިނުމަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އެއް އަމާޒެވެ. އަތޮޅު ތެރޭގައި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއެރުވުމުގެ ގޮތުން ކޮންމެ ޒޯނެއްގައި ހާއްސަ އޮފީސްތަކެއްވެސް ގާއިމު ކުރުމުގެ މަސައްކަތް މިހާރު އެފްއޭއެމް އިން ދަނީ ކުރަމުންނެވެ.
Advertisement

Leave a Reply

Umair ge kokko Umeysh ves team ga ebahuri. Evaahaka ves jahaalinama.
Kaamiyaabah edhen