އާސެނަލްގެ ބައެއް ކުޅުންތެރިންނަށް އަސްލު ޒިންމާ ހަނދާންކޮށްދެނީ

Advertisement

އާސެނަލްގެ ބައެއް ކުޅުންތެރިންނަށް އަސްލު ޒިންމާ ހަނދާންކޮށްދެނީ

ޢަބްދުﷲ އަޝްރަފް
އާސެނަލްގެ ލަކަޒޭ އޮޒިލް އަދި އޮބާމަޔަން.

އިނގިރޭސި ނޫހެއް ކަމަށްވާ “ދަ ސަން” އިން އާންމުކުރި އާސެނަލްގެ ހަތަރު ކުޅުންތެރިއަކާ ގުޅުންހުރި ސީސީ ޓީވީ ފުޓޭޖްތަކާ ގުޅިގެން ކްލަބުން އެކުޅުންތެރިންނާ ވާހަކަދައްކަން ނިންމައިފިއެވެ.

މި ފޮޓޯތަކުން ފެންނަނީ އާސެނަލްގެ އެލެކްޒެންޑާ ލަކަޒޭ އާއި މެސުތު އޮޒިލް އާއި މެތިއު ގުއެންޑޯޒީ އަދި ޕިއޭ އެމެރިކް އޮބާމަޔަން   ނައިޓްރަސް އޮކްސައިޑް ނަމަކަށް ކިޔާ ގޭހެއް އަޅައިފައިހުރި ކަމަށް ޝައްކުކުރެވޭ ފުއްޕާހަންތަކަކުން ވަސް ގަންނަމުންދާ މަންޒަރެވެ. ބެލެވޭގޮތުގައި އެކުޅުންތެރިން އެކަންކޮށްފައިވަނީ މިއަހަރުގެ ސީޒަން ފެށުމުގެ ކުރިން އޯގަސްޓް މަހުގެ ތެރޭގައި ލަންޑަންގެ ނައިޓްކްލަބެއްގައި އޮތް ޕާޓީއެއްގެ ތެރޭގައެވެ.

Advertisement

މި ހާދިސާއާ ގުޅޭގޮތުން ބީބީސީ އާ ވާހަކަދެއްކި އާސެނަލްގެ ތަރުޖަމާނަކު ބުނެފައިވަނީ އެކުޅުންތެރިންނާ ކްލަބުން ވާހަކަދައްކައި އެމީހުންގެ ޒިންމާ ހަނދާންކޮށްދޭނެ ކަމަށެވެ.

ނައިޓްރަސް އޮކްސައިޑަކީ މަސްތުވުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އޭގެ ވަކި މިންވަރެއް ބޭނުންކޮށްފިނަމަ ބޭނުންކުރުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތައް ލަސްކުރުވައި މަސްތުގެ ހާލަތަކަށް މީހާ ހުށަހެޅެއެވެ. އެކަމަކު ނައިޓްރަސް އޮކްސައިޑްގެ ގިނަ މިންވަރެއް ހަށިގަނޑުގެ ތެރެއަށް ހިނގައްޖެނަމަ އޭގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން މަދުވެ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮންނަކަމަށް ސިއްހީ މާހިރުން ބުނެފައިވެއެވެ.

ނައިޓްރަސް އޮކްސައިޑް މަސްތުވުމުގެ ގޮތުން ކަމަށްވިޔަސް ބޭނުންކުރުމަކީ އިނގިރޭސި ވިލާތުގެ ގާނޫނު މަނާ ކުރާ ކަމެއް ނޫނެވެ. އެކަމަކު އެތަކެތި އަމިއްލަ ބޭނުމަށް އެތެރެކޮށް ހެދުމަކީ ހުއްދަކުރާ ކަމެއް ނޫނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *