ނައިފަރު ފުޓްބޯޅައިގެ ތާޖު ސޮކާ ސްޓާއަށް

Advertisement

ނައިފަރު ފުޓްބޯޅައިގެ ތާޖު ސޮކާ ސްޓާއަށް

އަބްދުﷲ ޝަހީމް
ޗެމްޕިއަން ސޮކާ ސްޓާ

ނައިފަރުގައި ކުރިއަށްދިޔަ 19 ވަނަ ނައިފަރު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ސޮކާ ސްޓާ އިން އުފުލާލައިފިއެވެ. ނައިފަރުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ސޮކާ ސްޓާއިން ކާމިޔާބުކުރީ އިއްޔެ ހަވީރު އޮތް ފައިނަލް މެޗްގައި ބަޒޫކާ ސްޕޯޓްސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައިގެންނެވެ.

މިއަހަރުގެ ކުރީކޮޅު ޓާފް އަޅައިގެން ހަދައި ނިންމާފައިވާ ނައިފަރު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗްގެ ވަގުތު ހަމަވިއިރު ދެޓީމުންކުރެ ކޮންމެ ޓީމަކަށްވެސް ކާމިޔާބުކުރެވުނީ އެއް ލަނޑެވެ. ސޮކާ ސްޓާއިން ޕެނަލްޓީ ޝޫޓްއައުޓްގައި ބަޒޫކާ ބަލިކުރީ 4-5 އިންނެވެ.

Advertisement

ގިނަ އަދަދެއްގެ ބަޔަކު ކުޅިބަލަންތިބި މި މެޗް ސޮކާ ސްޓާއިން ކާމިޔާބުކުރި ނަމަވެސް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބަޒޫކާ ސްޕޯޓްސްގެ އަޙްމަދު ގާސިމް އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަކަށް އެފްސީ އެކްސިސް ހޮވުނުއިރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުސައިން ފައިސަލް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުކަން ބަޒޫކާގެ ޢަބްދު ﷲ ޒަމީލް ޢަބްދުއްލަތީފް ހޮވުނުއިރު އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާގެ މަގާމު ލިބުނީ ސޮކާ ސްޕޯޓްސްގެ އަޙްމަދު އަބީން މުޙައްމަދަށެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީޅްޑް ކުޅުންތެރިޔަކަށް ޗެލްސީ އެފްސީ ގެ ހަމްދާން ސޯލިހް ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ހަމަ އެ ޓީމްގެ މުހައްމަދު ޒަމީރެވެ. މުބާރާތުގައި ހަ ގޯލް ޖަހައިގެން ޖީޖީ ޓީމުގެ ޔޫސުފް ޢަލީ ރަންބޫޓް ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ސޮކާ ސްޓާ ގެ އާދަމް އަޝްފާން އެވެ.

ނައިފަރު އީކޯ ޔޫތުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި މުބާރާތުގައި މިފަހަރު ވާދަކުރީ ހަތް ޓީމަކުންނެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރު ބައިލައްކަ ރުފިޔާ ދީފައިވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *