އެއްވަރުވިޔަސް ޕީއެސްޖީ 14 ޕޮއިންޓް ކުރީގައި

Advertisement

އެއްވަރުވިޔަސް ޕީއެސްޖީ 14 ޕޮއިންޓް ކުރީގައި

ފަހުމިނެޓް

ފްރެންޗް ލީގު ވަންގައި ޕީއެސްޖީ ސްޓްރަސްބާގާ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލީގުގެ ފުރަތަމަ 14 މެޗުން މޮޅުވި ނަމަވެސް އެންމެ ފަހުން ކުޅުނު ދެމެޗުން އެޓިމު ވަނީ އެއްވަރު ވެފައެވެ.

Advertisement

ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއެއްގެ ބޭނުންހިފާ، ކެނީ ލާލާ ސްޓްރަސްބާގަށް ލީޑު ނަގާދީފައި ވަނިކޮށް ޕީއެސްޖީ ސަލާމަތްވީ މެޗުގެ 71 ވަނަ މިނިޓުގައި އެޓީމުގެ އެޑިންސަން ކަވާނީ ޖެހި ލަނޑުންނެވެ. ކަވާނީގެ މި ލަނޑަކީ ސްޓްރަސްބާގުގެ އޭރިޔާ ތެރެއިން ޕީއެސްޖީގެ ކިލިއަން އެމްބާޕޭއަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކުވެސް 14 ޕޮއިންޓުގެ ލީޑަކާއެކު ޕީއެސްޖީ އޮތީ ލީގު ތާވަލުގެ އެއްވަނާގައެވެ. 29 ޕޮއިންޓާއެކު ތިންވަނާގައި އޮތް މޮންޓްޕެލިއަރ 1-0 އިން ބަލިކުރި ލީލް، 30 ޕޮއިންޓާއެކު ލީލް ދެވަނާގައި އޮތްއިރު، ރީންސް އަތުން 2-0 އިން ބަލިވި ލިޔޯން އަށް 28 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ހަތަރުވަނަ އެވެ. ނަންޓޭސް އަތުން 3-2 އިން ބަލިވެ މާސޭ އޮތީ 26 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނާގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *