އަޒްޕިލިކުއެޓާ ޗެލްސީގެ ކޮންޓްރެކްޓް އާކޮށްފި

Advertisement

އަޒްޕިލިކުއެޓާ ޗެލްސީގެ ކޮންޓްރެކްޓް އާކޮށްފި

ފަހުމިނެޓް

އިނގިރޭސި ކުލަބް ޗެލްސީގެ ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އާކޮށްފިއެވެ.

މި ކޮންޓްރެކްޓާއެކު 2022 ވަނަ އަހަރާ ހަމައަށް އޭނާ ހުންނާނީ ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ސްޕެއިންގެ ގައުމީ ޓީމަށްވެސް ކުޅޭ 29 އަހަރުގެ ޑިފެންޑަރު ވަނީ 2012 ވަނަ އަހަރު ފްރާންސްގެ މާސޭއިން ޗެލްސީއަށް ބަދަލުވުމަށްފަހު މިހާތަނަށް 298 މެޗު ޗެލްސީގެ ނޫ ޖޯޒީގައި ކުޅެދީފައެވެ.

އަޒްޕިލިކުއެޓާގެ ކޮންޓްރެކްޓް އާކުރުމާ ގުޅިގެން ޗެލްސީގެ ޑިރެކްޓަރ މާރިއާ ގްރަނޯސްކަޔާ ބުނީ އޭނާއަކީ މިވަގުތު ޗެލްސީގައި ހުރި، ކުލަބަށް އެންމެ ގިނަދުވަހު ކުޅެފައިވާ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެއްކަމާއި، ވޭތުވެދިޔަ ހައަހަރުތެރޭ އަޒްޕިލިކުއެޓާ ވަނީ އޭނާއަކީ ކުލަބަށް ކިހާ މުހިއްމު ކުޅުންތެރިއެއްކަން ސާބިތު ކޮށްދީފައިކަމަށެވެ.

“އާ ކޮންޓްރެކްޓާއެކު ސެޒާ (އަޒްޕިލިކުއެޓާ) ޗެލްސީގައި 10 އަހަރު ފުރިހަމަ ކުރާނެ، އުންމީދުކުރަން ކުރިޔަށް އޮތް ހަތަރު އަހަރުތެރޭ އަހަރެމެންނަށް ލިބޭ ކާމިޔާބިތަކުގައި އޭނާގެ މުހިއްމު ދައުރެއް ވާނެކަމަށް.” ގްރަނޯސްކަޔާ އިތުރަށް ކިޔާދިނެވެ.

2016 ވަނަ އަހަރު ލެސްޓާ ސިޓީއާއެކު ޕްރިމިއަރ ލީގު ކާމިޔާބުކުރި މިޑްފީލްޑަރ، ފްރާންސްގެ އެންގޯލޯ ކާންޓޭ ވެސް ވަނީ ޗެލްސީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ފަސް އަހަރަށް އިތުރު ކޮށްފައެވެ.

ކާންޓޭ، 27، ވަނީ މިއަހަރު އޮތް ފީފާ ވޯލްޑް ކަޕް ވެސް ފްރާންސް އާއެކު ކާމިޔާބު ކޮށްފައެވެ. އަދި ޗެލްސީއާއެކު އޭނާގެ ފުރަތަމަ ސީޒަނުގައިވެސް ވަނީ ޕްރިމިއަރ ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *