ގަދަ ހަތަރެއްގައި ނިންމުން ވާނީ މުއުޖިޒާތަކަށް – މޮރީނިއޯ
ޑިސެމްބަރު މަސް ނިމުމުގެ ކުރިން އިނގިރޭސި ޕްރިމިއަރ ލީގު ގަދަ ހަތަރެއްގައި އޮތުން ވާނީ މުއުޖިޒާތަކަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮތީނިއޯ ބުނެފިއެވެ.
މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑުން ލީގުގައި ކްރިސްޓަލް ޕެލަސްއާ ކުޅެ، 0-0 އިން އެއްވަރުވި މެޗުގެ ކުރިން މޮރީނިއޯ ވަނީ އަހަރު ނިމުމުގެ ކުރިން ގަދަ ހަތަރަކަށް އަމާޒު ހިފާފައިވާ ކަމަށް މީޑިއާގައި ހާމަކޮށްފައެވެ. ނަމަވެސް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސައުތްހެމްޓަންއާ 2-2 އިން އެއްވަރުވި މެޗަށްފަހު އޭނާގެ ރާގު ވަނީ ބަދަލުވެފައެވެ.
ހަތްވަނައިގައި އޮތް ޔުނައިޓެޑް މާދަމާރޭ ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ތާވަލުގެ ހަތަރުވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށް ނުކުންނައިރު، ލީގުގައި އެންމެ ފަހުން އެޓީމު މޮޅުވެފައިވަނީ ނޮވެމްބަރު 3 ވަނަ ދުވަހު ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ސައުތްހެމްޓަން މެޗަށްފަހު ބްރެޒިލްގެ ޓީވީއަކަށް އިންޓަވިއު ދެމުން މޮރީނިއޯ މުއުޖިޒާތެއް ބޭނުންވާކަމަށް ބުނި ބުނުން ތަފްސީލް ކޮށްދެމުން މޮރީނިއޯ ބުނީ، “އަހަންނަކަށް ހިޔެއް ނުވޭ މުއުޖިޒާތެއް ބޭނުންވާހެނެއް. އަހަރެމެން ޕޮއިންޓް ބޭކާރުކުރަން ނުޖެހޭ ވަގުތުތަކުގައިި ޕޮއިންޓް ބޭކާރު ކޮށްގެން ނުވާނެ.”
“(ކްރިސްޓަލް) ޕެލަސް މެޗުގެ ކުރިން އަހަރެން ބުނިން އަމާޒަކީ ޑިސެމްބަރު ނިމުމުގެ ކުރިން ގަދަ ހަތަރަކަށް ވާސިލުވުމޭ. އެކަމަކު މިހާރު އެއަމާޒު ބަދަލުވެއްޖެ. މިހާރު އެބަޖެހޭ އެމަގާމާ ގާތަށް މަސައްކަތް ކުރަން.އަހަރެމެންގެ މައްސަލަތަކާހުރެ އެހާ ބަދުނަސީބު ވެގެން ނުވާނެ. ބައެއް ކުޅުންތެރިން ރަނގަޅަށް (މެޗުތަކުގައި) ޕާފޯމް ކުރަން ޖެހޭ.” މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑް މިހާރު ލީގުގައި އޮތް މަގާމާމެދު ހިތްހަމަ ޖެހޭތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން މޮރީނިއޯ ވަނީ ލީގު ހަވަނާގައި އޮތް އެވަޓަންއާ އަޅާކިޔާފައެވެ. މޮރީނިއޯ ބުނެފައިވަނީ، އެވަޓަން އިން މިސީޒަނަށް ރަނގަޅު އިންވެސްޓެއް ކޮށްފައި ވީނަމަވެސް ލީގު ނިމޭއިރު އެވަޓަންއަށް ޔުނައިޓެޑަށްވުރެ ކުރީގައި އޮވެވޭނެކަމަށް ގަބޫލު ނުކުރާކަމަށެެވެ.
Advertisement
Leave a Reply