ޔޫރޮޕާ ލީގު 2؟!

Advertisement

ޔޫރޮޕާ ލީގު 2؟!

ފަހުމިނެޓް

ޔޫރަޕުގެ ދަށް ފަންތީގެ ގައުމުތަކުގެ ކުލަބުތަކަށް ޔޫއެފާގެ މުބާރާތްތަކުން ފުރުސަތު ދިނުމުގެގޮތުން “ޔޫރޮޕާ ލީގު 2” ގެ ނަމުގައި ޔޫރަޕުގެ މައި ފުޓުބޯޅަ އިދާރާއިން ތިންވަނަ ކުލަބު މުބާރާތެއް ތައާރަފް ކޮށްފިއެވެ.

“ޔޫރޮޕާ ލީގު 2” ފެށުމަށް ތާވަލު ކޮށްފައި ވަނީ 2021 ވަނަ އަހަރަށެވެ. މުބާރާތަށް މިހާރު “ޔޫރޮޕާ ލީގު 2” ގެ ނަމުން ނަން ދީފައި ވީނަމަވެސް މިނަން ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިހާރު ހަމަޖެހިފައި އޮތް ގޮތުން 2024 ވަނަ އަހަރާ ހަމައަށް މިމުބާރާތް ބާއްވަން ޔޫއެފާއިން ވަނީ ތާވަލު ކޮށްފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި 32 ޓީމު ވާދަ ކުރާއިރު ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި ވާދަކުރަނީ 48 ޓީމެވެ. ނަމަވެސް އާ މުބާރާތް ފެށުމުން ޔޫރޮޕާ ލީގު އަދި ޔޫރޮޕާ ލީގު 2 ގައި ވެސް ގުރޫޕް ސްޓޭޖުގައި ވާދަކުރާނީ 32 ޓީމެވެ.

ގުރޫޕް ސްޓޭޖުގައި ހިމެނޭ 8 ގުރޫޕުގެ އެއްވަނަ ޓީމު މިމުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރާއިރު، މިބުރުގެ ބާކީ 8 ޓީމު ކަނޑައެޅިގެންދާނީ ޔޫރޮޕާ ލީގުގެ ކޮންމެ ގުރޫޕަކުން ތިންވަނައަށްދާ ޓީމުތައް އަދި “ޔޫރޮޕާ ލީގު 2” ގެ ކޮންމެ ގުރޫޕެއްގެ ދެވަނައަށްދާ ޓީމުތައް ވާދަކުރާ ޕްރިލިމިނަރީ ނޮކްއައުޓް ބުރަކަށް ފަހުއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަކަށް ޖެހިގެން އަންނަ ސީޒަނުގެ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރު ވާނެއެވެ.

އާ މުބާރާތުގެ މެޗުތައް ކުޅޭނީ ޔޫރޮޕާ ލީގުގެ މެޗުތައްވެސް ކުޅޭ އުސޫލުން ކޮންމެ ބުރާސްފަތި ދުވަހަކުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *