ކިނބިދޫ ދާއިރާގެ އެމްޕީ ކަޕް މިއަދު ފަށަނީ

Advertisement

ކިނބިދޫ ދާއިރާގެ އެމްޕީ ކަޕް މިއަދު ފަށަނީ

ޢަލީ ޝަހީމް
ކިނބިދޫ ދާއިރާގެ އެމްޕީ ކަޕްގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ކިނބިދޫ ޓީމް ތައްޓާއެކު. ފޮޓޯ: އެން ފޮޓޯ އެންޑް އާޓްސް / މުހައްމަދު ނާފިއު

ތ. ކިނބިދޫ ދާއިރާގެ ރަށްތަކަށް އަމާޒުކޮށްގެން ރިޔާޒު ފައުންޑޭޝަނުން ބާއްވާ “އެމް.ޕީ ކަޕް 2018” ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެއެވެ. މި މުބާރާތަކި އެމް.ޕީ އަބްދުﷲ ރިޔާޒުގެ ކެމްޕެއިން ވައުދުގެ ފަހު މުބާރާތެވެ.

މި މުބާރާތް މިދާއިރާގެ 5 ރަށަށް އަމާޒުކުރާއިރު ކޮންމެ އަހަރަކުވެސް މުބާރާތް ބާއްވަން ފުރަތަމަ ނިންމީ ވަކިވަކި ރަށްތަކުގައެވެ. އެކަމަކު ބައެއް ރަށްރަށުގެ ފުޓްބޯޅަ ދަނޑުތައް މުބާރާތް ކުޅެން އެންމެ އެކަށީގެންވާ ފެންވަރަށް ތަރައްގީވެފައި ނުވާތީ މިއަހަރުގެ މުބާރާތްވެސް ކުރިއަށްގެންދަނީ މިދިޔަ އަހަރުވެސް މުބާރާތް ބޭއްވި ތ. ވަންދޫ ގައެވެ.

މިދިޔަ ހަތަރު އަހަރުވެސް ދާއިރާގެ ރަށްތަކުން މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މިފަހަރުވެސް ދާއިރާގެ ފަސް ރަށުން މުބާރާތުގައި ވާދަކުރާއިރު މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގޮތަށެވެ. ކިނބިދޫ ދާއިރާގައި ހިމެނޭ ފަސް ރަށަކަކީ ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ އަދި ކަނޑޫދޫއެވެ.

މުބާރާތުގެ މެޗް ޝެޑިއުލް. ފޮޓޯ: އެމްޕީ ކަޕް

މި މުބާރާތް ބެލުމަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު މުބާރާތް ބާއްވާ ރަށަށް ޒިޔާރަތްކުރެއެވެ.

މި މުބާރާތުގެ މިހާތަނަށް އެންމެ ކާމިޔާބު ޓީމަކީ 2 ފަހަރު މިމުބާރާތުގެ ޗެމްޕިއަންކަން 2014 އަދި 2017 ހޯދައިފައިވާ ކިނބިދޫ އެވެ. މީގެ އިތުރުން ހިރިލަންދޫ އަދި ވަންދޫން ވެސް ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ހިރިލަންދޫ ބަލިކޮށް ތަށި ކާމިޔާބު ކުރީ ކިނބިދޫ އެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ޒުވާން ކުޅުންތެރިން ބިނާކުރުމާއި ޒުވާނުންގެ މެދުގައި ފުޓްބޯޅަ އަށް ލޯބިޖައްސައި ދާއިރާގެ ގުޅުން ބަދަހިކުރުން ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މިފަހަރުގެ މުބާރާތުގައިވެސް ޗެމްޕިއަން ޓީމަށާއި އެކިއެކި މަގާމްތަކަށް ފައިސާގެ ބޮޑެތި އިނާމުތައް ކަނޑައެޅިފައިވާ ކަމަށް އެމްޕީ ކަޕްގެ އިންތިޒާމު ކޮމިޓީން ބުނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ހިރިލަންދޫ އަދި އޮމަދޫ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *