ރެއާލް މެޑްރިޑް ހޯދި މޮޅާއެކު އެއްވަނަ މަގާމާ ތިން ޕޮއިންޓް ގާތަށް

Advertisement

ރެއާލް މެޑްރިޑް ހޯދި މޮޅާއެކު އެއްވަނަ މަގާމާ ތިން ޕޮއިންޓް ގާތަށް

ޢަލީ ޝަހީމް

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ވެލެންސިއާ ބަލިކޮށް އެއްވަނައިގައި އޮތް ސެވިއްޔާއާ ތިން ޕޮއިންޓް ގާތަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

މި މޮޅާއެކު ކުޅުނު 14 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ސެވިއްޔާއަށް 26 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 24 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތީ ރެއާލް މެޑްރިޑާއި އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ޑިޕޯޓިވޯ އަލާވޭސް އެވެ. ރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ 17 ޕޮއިންޓާއެކު ލީގުގެ 13 ވަނައިގައެވެ.

Advertisement

ރެއާލްގެ ކުރިން ތާވަލުގައި އޮތް ހަތަރު ޓީމުންވެސް ލީގު މެޗުތައް މިރޭ ކުޅޭނެއެވެ. އެއްވަނައިގައި އޮތް ސެވިއްޔާ އިން ހަތަރު ވަނައިގައި އޮތް އަލާވޭސްއާ ދެކޮޅަށް މިރޭ ނުކުންނައިރު ބާސެލޯނާ ކުޅޭނީ ވިޔަރެއާލާއެވެ. އަދި އެތްލެޓިކޯ މެޑްރިޑާއި ޖިރޯނާވެސް މިރޭ ވާދަކުރާނެއެވެ. މި މެޗުތަކުގެ ނަތީޖާތަކަށްފަހު ލީގުގެ ފަރަގު ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.

ރެއާލުން ރޭ ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ އަށް ވަނަ މިނެޓުގައި ވެލެންސިއާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތްގޯލެކެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ލޫކަސް ވަޒްކޭޒް އެވެ. ރޭގެ މެޗުގައި ބެންޒެމާ އާއި ގަރެތް ބޭލް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ލީގުގައި އެންމެފަހުން ކުޅުނު 10 މެޗުގައިވެސް ބޭލް އަށް ގޯލެއް ޖެހިފައެއް ނުވެއެވެ. މިއީ 2013 ވަނަ އަހަރު ރެއާލް މެޑްރިޑާއި ގުޅުނުފަހުން ލީގުގައި ބޭލް ގޯލް ޖެހުމުގެ އެންމެ ދަށް ރެކޯޑެވެ. އެކަމަކު ޗެމްޕިއަންސް ލީގުގައި އެންމެފަހުން ރޯމާއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ބޭލް ވަނީ ގޯލު ޖަހައިފައެވެ.

މި މޮޅަކީ ރެއާލްގެ ދާއިމީ ކޯޗުކަމާ ސަންޓިއާގޯ ސޮލާރީ މިދިޔަ އޮކްޓޯބަރު މަހު ހަވާލުވުމަށްފަހު އެޓީމުން ކުޅުނު ހަތް މެޗުގެ ތެރެއިން ހޯދި ހަ ވަނަ މޮޅެވެ. ފުރަތަމަ ފަސް މެޗުގައި ސޮލާރީ ޓީމަށް އިރުޝާދުދިނީ ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. ސޮލާރީގެ އިރުޝާދުގެ ދަށުން ރެއާލް ބަލިވީ ލީގުގައި މިދިޔަ ހަފްތާގައި ރަށުން ބޭރުގައި އެއިބާއާ ވާދަކުރި މެޗުން 3-0 އިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *