މަހަކަށްފަހު ބަޔާނުން ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

Advertisement

މަހަކަށްފަހު ބަޔާނުން ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

ޢަލީ ޝަހީމް

ޖަރުމަނު ލީގުގައި މިދިޔަ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު މޮޅުވިފަހުން ލީގުގައި ބަޔާން މިއުނިކުން ފުރަމަ މޮޅު ހޯދައިފިއެވެ. ރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި ވާޑާ ބްރެމެންއާ ވާދަކޮށް އެޓީމު މޮޅުވީ 2-1 އިންނެވެ. މިއީ އޮކްޓޯބަރަ މަހުގެ 27 ވަނަ ދުވަހު ލީގުގައި މެއިންޒް 2-1 އިން ބަލިކުރިފަހުން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ.

މެއިންޒް އަތުން މޮޅުވި މެޗަށްފަހު ލީގުގައި ނޮވެމްބަރު މަހު އެޓީމު ކުޅުނު ތިންމެޗުގެ ތެރެއިން ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި، އެއްވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޓް އަތުން އެޓީމު ބަލިވިއެވެ. އެކަމަކު މިދިޔަ މަހު ޗެމްޕިއަންސް ލީގުގައި ކުޅުނު ދެމެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ.

Advertisement

ރޭގެ މެޗުގައި ބަޔާންގެ ދެ ލަނޑުވެސް ޖެހީ ކުރިން އާސެނަލަށް ކުޅުނު ސާޖި ގްނަބްރީ އެވެ. ބަޔާނުން 20 ވަނަ މިނެޓުގައި ލީޑު ނަގައިފައި ވަނިކޮށް 33 ވަނަ މިނެޓުގައި ބްރަމެންގެ އޮސާކޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބަޔާނުން މެޗުގައި މޮޅުވި ލަނޑު ގްނަބްރީ ޖެހީ މެޗުގެ 50 ވަނަ މިނެޓުގައެވެ. މި މެޗުގެ ފަހު މިނެޓުގައި ބްރަމެންގެ މޮއިސަންޑާއަށް ވަނީ ރަތްކާޑު ދައްކައިފައެވެ.

މި މޮޅާއެކު ބަޔާން ވަނީ 13 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެކަމަކު ލީގުގައި މިރޭ ފްރެންކްފާޓް އަދި އާރުބީ ލީޕްޒިގް ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ ބަޔާން ހަ ވަނައަށް ވެއްޓޭނެއެވެ. ޖަރުމަރު ލީގުގެ އެއްވަނައިގައި އޮތީ ލީގުގައި އަދި އެއްވެސް މެޗަކުން ބަލިވެފައިނުވާ ބޮރޫޝިއާ ޑޯޓްމަންޑެވެ. ލީގުގައި އެޓީމު ކުޅުނު 13 މެޗުން ލިބުނު 33 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ވާދަވެރި ބަޔާނަށްވުރެ ނުވަ ޕޮއިންޓް ކުރީގައެވެ.

އެޓީމު ރޭ އަމިއްލަ ދަނޑުގައި ފްރެއިބާގާއި ކުޅުނު މެޗުން މޮޅުވީ 2-0 އިންނެވެ. މެޗުގައި ޑޯޓްމަންޑުގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ މާކޯ ރިއުސް އެވެ. މިއީ ޒުވާންތަރި ޖޭޑަން ސަންޗޯއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. ޑޯޓްމަންޓުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޕަކޯ އަލްކަސާ އެވެ. މިއީ އަލްކަސާ ޑޯޓްމަންޑަށް ކުޅުނު 11 މެޗުގައި ޖެހި 11 ވަނަ ގޯލެވެ. ބާސެލޯނާއިން ލޯނު އެއްބަސްވުމެއްގެ ދަށުން ޑޯޓްމަންޑަށް ބަދަލުވި އަލްކަސާގެ ފަރާތުން ފެންނަ މޮޅު ކުޅުމާއި ގުޅިގެން އެޓީމުން މިހާރު ވަނީ 23 މިލިއަން ޔޫރޯއަށް އަލްކަސާ އެއްބަސްވުން ކްލަބާއެކު ދާއިމީކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *