ދޮންފަނު އިންވިޓޭޝަން ކަޕް މިއަދު ފަށަނީ

Advertisement

ދޮންފަނު އިންވިޓޭޝަން ކަޕް މިއަދު ފަށަނީ

ޢަލީ ޝަހީމް
މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުޅުންތެރިއަކާ ސަލާން ކުރައްވަނީ. ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް

ބ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ އަތޮޅު ދޮންފަނުގައި ބާއްވާ “ދޮންފަނު އިންވިޓޭޝަން ކަޕް” ފުޓްބޯޅަ މުބާރާތުގެ ކުޅުން މިއަދު ފަށާނެއެވެ. އުމުރުން 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން އެރަށުގެ ޒުވާނުންގެ ރޫހުން މި މުބާރާތް ކުރިއަށްގެންދާ މިއީ ތިން ވަނަ އަހަރެވެ.

މިދިޔަ ދެ އަހަރުވެސް ފޯރިގަދަކޮށް ނިންމާލި މި އަހަރުގެ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން އެ އަތޮޅުގެ އަށް ރަށަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރާއިރު ކުޅުން ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނެނީ މުބާރާތް ބާއްވާ ދޮންފަނާއި މާޅޮހުގެ އިތުރުން އޭދަފުށި އަދި ކިހާދޫ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ކުޑަރިކިލު، ގޮއިދޫ، ކަމަދޫ އަދި ދަރަވަންދޫ އެވެ.

Advertisement

އިންވިޓޭޝަން ކަޕްގެ ޕޯސްޓަރެއް. ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް

މުބާރާތުގެ ގުރުލުމުގެ ހަފްލާ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ އެފްއޭއެމް ހައުސްގައެވެ. ގުރުލުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗުންނާއި ފުޓްބޯޅައިގައި ހަރަކާތްތެރިވާ އިސް ބައެއް ފަރާތްތައް ބައިވެރިވެފައިވެއެވެ.  މުބާރާތް މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ މުބާރާތް ބާއްވާ ދޮންފަނާއި މާޅޮހެވެ.

މި މުބާރާތަކީ ބ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ. މުބާރާތުގެ މެޗުތައް ބެލުމަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު އެރަށަށް ޒިޔާރަތްކުރާކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ޒުވާން ކުޅުންތެރިން ބިނާކުރުމާއި ޒުވާނުންގެ މެދުގައި ފުޓްބޯޅަ އަށް ލޯބިޖައްސައި ކުރީގެ ކުޅުންތެރިންގެ ފަރާތުން މިހާރުގެ ކުޅުންތެރިންނަށް ފުޓްބޯޅައިގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ދޮންފަނު ޒުވާނުންގެ ރޫހުން ބުނެއެވެ.

މުބާރާތުގެ މެޗް ޝެޑިއުލް. ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް

މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ކިހާދޫ އެވެ. އަދި، މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގޮއިދޫ އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ އޭދަފުށްޓާއި ކުޅުނު ފައިނަލް މެޗު 3-3 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 13-12 އިން މޮޅުވެގެންނެވެ. ގޮއިދޫއަށް ޗެމްޕިއަންކަން ލިބުނީ އޭދަފުށީގެ ގޯލު ބެލެހެއްޓި މުހައްމަދު ޝާން ޖެހި ޕެނަލްޓީ ގޮއިދޫގެ ކީޕަރު މަތަކުރުމުންނެވެ.

ބ. އަތޮޅަކީ ފުޓްބޯޅައިގެ ފޯރި ގަދަ އަތޮޅެވެ. އެ އަތޮޅު ފެހެންދޫ ވަނީ މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކޮށްފައެވެ. އަދި އެ އަތޮޅު އޭދަފުށްޓަކީ އެންމެ ގިނައިން ގަލޮޅު ދަނޑަށް ފުޓްބޯޅަ ކުޅުންތެރިން ނެރެދޭ އެއް ރަށެވެ. އޭދަފުށި ވަނީ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2016 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ. ދޮންފަނު އިންވިޓޭޝަން ކަޕާއެކު ޒުވާނުންގެ ރޫހުގެ އުއްމީދަކީ އަތޮޅުން އިތުރު ދަރިންތަކެއް އެއްވަނަ ޑިވިޝަނުގެ ފުޓްބޯޅައިން ފެނިގެންދިއުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *