ޓްރެފިކް މައްސަލަ ހައްލު ނުވާނަމަ ދަނޑަށް ދާނީ ހިނގާފައި: މޮރީނިއޯ
މެންޗެސްޓާގެ ޓްރެފިކް މައްސަލައަށް ހައްލެއް ނައިސްފިނަމަ މިރޭ ޗެމްޕިއަންސް ލީގުގައި ސްވިޒަލެންޑްގެ ޔަންގް ބޯއީޒް އާއި ދެކޮޅަށް ކުޅޭ މެޗަށް ދަނޑަށް ދާނީ ހިނގާފައި ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެމެޗުގައިވެސް ޓްރެފިކްގެ މައްސަލައާހެދި ޔުނައިޓެޑްގެ ޓީމަށް ދަނޑަށް ދެވިފައިވަނީ ލަހުންނެވެ. މިދިޔަ އޮކްޓޯބަރު މަހު ސްޕެއިންގެ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ ޓީމަށް ލަހުން ދަނޑަށް ދެވުމުން މެޗު ފެށުނީވެސް ފަސްމިނެޓު ފަހުންނެވެ. ޔޫއެފާއި އެމައްސަލަ ބެލުމަށްފަހު އަދަބެއްގެ ގޮތުން އެޓީމު ވަނީ 15،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ.
ޗެމްޕިއަންސް ލީގުގައި އޭގެފަހުން ޔުނައިޓެޑް ޓީމު ޔުވެންޓަސް އާއި ކުޅެން އޮތް މެޗުގެ ކުރިން ޓީމު ވަނީ ދަނޑާއި 288 މީޓަރު ކައިރީގައި ހުރި ހޮޓަލަކަށް ބަދަލުވެފައެވެ. އެކަމަކު އެމެޗުގައިވެސް ދަނޑާއި ހަމައަށް ޔުނައިޓެޑް ޓީމު ދިއުމަށް 45 މިނެޓު ނެގިކަމަށް މޮރީނިއޯ ބުންޏެވެ. ޔުވެންޓަސް މެޗުގައި ޓްރެފިކް މައްސަލަ ތަކުރާރުވުމުން މޮރީނިއޯ ދަނޑަށް ދިޔައީ ހިނގާފައެވެ. ސަޕޯޓަރުންގެ ތެރެއިންލާފައި މޮރީނިއޯ ހިނގާފައި ދިޔައީ ބޮލުގައި އެއްޗެއް އަޅައިގެންނެވެ. މޮރީނިއޯ ބުނީ އެދުވަހު އޭނާއަށް ދެމިނެޓުން ދަނޑަށް ދެވުނުކަމަށާއި، ހިނގާފައި ދިޔައިރު ސަޕޯޓަރުންނަށް އޭނާ ދެނެގަންނަން އުނދަގޫވި ކަމަށެވެ.
United bus late to the stadium. Jose walking to the ground from cricket ground. pic.twitter.com/ShoHNiKab0
— MUFC Away Days (@mufcaways_) October 23, 2018
“މައުލޫމާތު ލިބެނީ މިދިޔަ ފަހަރަށްވުރެ މިފަހަރު ޓްރެފިކްގެ ކަންކަން ރަނގަޅު ވާނެކަމަށް. އަހަރެމެން މި ތިބެނީ ދަނޑާއި ވަރަށް ކައިރީގައި. ޓްރެފިކް މައްސަލަ ރަނގަޅު ނުވާނަމަ ދަނޑަށް ދާނީ ހިނގާފައި” މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ޔުވެންޓަސް އެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު ޔުނައިޓެޑް އޮތްއިރު ތިންވަނައިގައި ފަސް ޕޮއިންޓާއެކު އޮތީ ވެލެންސިއާ އެވެ. ފުލުގައި އޮތް ޔަންގް ބޯއީޒް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ވެލެންސިއާ މިރޭ ރަށުން ބޭރުގައި ޔުވެންޓަސްއާ ވާދަކުރާ މެޗުން މޮޅެއް ނުލިބި ޔުނައިޓެޑުން މިރޭގެ މެޗު ކާމިޔާބު ކޮށްފިނަމަ އެޓީމަށް ދެވަނަ ބުރަށް ދެވޭނެއެވެ. މޮރީނިއޯ ބުނީ މިރޭގެ މެޗުގައި އޭނާގެ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށެވެ. އެކަމަކު ޔުނައިޓެޑް ވަނީ މި ސީޒަނުގައި މިހާތަނަށް އޯލްޑް ޓްރެފޯޑްގައި ތިން ފަހަރު ބަލިވެފައެވެ.
“ޕްރެޝާ ވާނަމަ ގޭގަ ތިބެގެން ޓީވީން މެޗު ބަލާނީ. އަހަންނަށް އަމިއްލަ ދަނޑުގައި އެއްވެސް އިރަކު ޕްރެޝަރެއް ނުވޭ. އެއީ ހޯމްގައި ކުޅޭއިރު އަހަރެމެންގެ ސަޕޯޓަރުންވެސް ތިބޭނެ. އަހަރެން ބޭނުންވަނީ ވަރުގަދައަށް ފަށާފަ ވީހާވެސް އަވަހަކަށް ނަތީޖާ ނެރެން” މޮރީނިއޯ ބުންޏެވެ.
އެޓީމު ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ފަހު ފަސްމިނެޓުގައި ޖެހި ދެގޯލުން މޮޅުވެފައެވެ. ޔުވެންޓަސްގެ ދަނޑުގައި ހޯދި މި މޮޅާއެކު ދެވަނަ ބުރަށް ޔުނައިޓެޑް ކޮލިފައިވުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑުވެފައެވެ.
ޔުނައިޓެޑާއި ޔަންގް ބޯއީޒް ވާދަކުރާމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
Advertisement
Leave a Reply