ކެރިއަރުގައި ގިނަ ކަންކަން ދަސްވީ ލަމްޕާޑްގެ ފަރާތުން: ޑްރޮގްބާ

Advertisement

ކެރިއަރުގައި ގިނަ ކަންކަން ދަސްވީ ލަމްޕާޑްގެ ފަރާތުން: ޑްރޮގްބާ

ޢަލީ ޝަހީމް

ފުޓްބޯޅަ ކެރިއަރުގައި ގިނަ ކަންކަން ދަސްވީ އޭނާއާއެކު ޗެލްސީގައި ކުޅުނު އިންގްލެންޑްގެ މިޑްފިލްޑަރ ފްރޭންކް ލަމްޕާޑުގެ ފަރާތުން ކަމަށް މިދިޔަ ހަފްތާ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރި ޑިޑިއޭ ޑްރޮގްބާ ބުނެފިއެވެ.

ޑްރޮގްބާ ވަނީ ލަމްޕާޑާއެކު 2004 އިން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށް ޗެލްސީގައި ކުޅެފައެވެ. ދެކުޅުންތެރިން އަށް އަހަރު ކްލަބުގައި އެއްކޮށް ހޭދަކުރި މުއްދަތުގައި ޗެލްސީއަށް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. ޗެލްސީއަށް ކުޅުނު މުއްދަތުގައި އެޓީމުން ހަތަރު ފަހަރު ލީގު އަދި 2012 ވަނަ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ޑްރޮގްބާ އެވެ. އަދި، ޗެލްސީގެ ތާރީހުގައި ދުށް އެންމެ މޮޅު ދެކުޅުންތެރިންގެ ތެރޭގައިވެސް ގިނަ ބަޔަކު ޑްރޮގްބާ އާއި ލަމްޕާޑް ފާހަގަކުރެއެވެ.

Advertisement

“އެއްކުޅުންތެރިއަކު އެބަހުރި އަހަރެން ކުރިއަށް ނެރޭނެ. ސަބަބަކީ އަހަރެންގެ ގޯލުތައް ފެނުނީ އޭނާގެ އެހީތެރިކަމާއެކު. އެއީ ފްރޭންކް ލަމްޕާޑް” ޖަޕާނުގައި ޔޮކަހާމާގެ ސަޕޯޓަރުންގެ އިވެންޓެއްގައި ޑްރޮގްބާ ދިން ދިންޓަވިއުއެއްގައި ބުންޏެވެ.

ޑްރޮގްބާ ބުނީ، ކޮންމެ ދުވަހަކުވެސް ފަރިތަކުރުންތަކަށް ފަހު، ދެކުޅުންތެރިން އެކުގައި މަޑުކޮށް އާ ކަންތައްތައް ދަސްކުރަން މަސައްކަތް ކުރިކަމަށެވެ.

“އެގޮތަށް ފަރިތަކުރުންތަކުގައި އަލަށް ދަސްކުރި ކަންކަމުން އަހަރެމެނަށް ކުރިއެރުން ލިބި ގޯލު ޖެހުމާއި، ގޯލު ޖެހުމަށް ފުރުސަތުތައް ތަނަވަސްކުރެވުނު. އެހެންވެ އަހަންނަށް އޭނާގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވި” 20 އަހަރަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ކާމިޔާބު ކުޅުންތެރިޔާ ބުންޏެވެ.

ފްރާންސްގެ ލެމަންސް އިން 1998 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށުމަށްފަހު އުމުރުން 23 އަހަރުގައި މަތީ ފަންތީގެ ފުޓްބޯޅައިން ޑްރޮގްބާ ފެނުނީ ފްރާންސްގެ ގުއިންގޭމްޕް އިންނެވެ. އެއަށްފަހު އޭނާ ޗެލްސީ އަށް ބަދަލުވީ 2004 ވަނަ އަހަރުއެވެ. ޗެލްސީގައި ހޭދަކުރި އަށް ސީޒަނުގައި ކުޅުނު 381 މެޗުގައި ޑްރޮގްބާ ވަނީ 164 ގޯލު އެޓީމަށް ޖަހައިދީފައެވެ. އުމުރުން 40 އަހަރުގެ ޑްރޮގްބާ މިހާރު ކުޅެމުން އަންނަނީ އޭނާގެ ހިއްސާ އޮންނަ އެމެރިކާގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ފީނިކްސް ރައިސިން އަށެވެ.

ލީގުގައި ޗެލްސީ އެންމެ ފަހުން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވި މެޗަށް ޑްރޮގްބާ ވަނީ މެޗު ބެލުމަށް ވެމްބްލީ ސްޓޭޑިއަމަށް ގޮސްފައެވެ. ލީގުގައި ފުރަތަމަ ފަހަރަށް ޗެލްސީ ބަލިވި މެޗާއި ގުޅޭގޮތުން ޑްރޮގްބާ ބުނީ އެޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ޗެލްސީ ހަމައަކަށް އަޅުވާނެކަމަށެވެ. ފުޓްބޯޅައިގެ މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ދިއުމަށް ވިސްނަމުންދާ ޑްރޮގްބާ ބުނީ ޗެލްސީ އަށް ކޯޗުކޮށްދިން ކާލޯ އެންޗެލޮޓީ އާއި ހޯސޭ މޮރީނިއޯގެ ފަރާތުން އޭނާއަށް ގިނަ ކަންކަން ދަސްވިކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *