އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު ސަބަބު ހޯދަން ކޮމިޓީ އެއް އެކުލަވާލަނީ

Advertisement

އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު ސަބަބު ހޯދަން ކޮމިޓީ އެއް އެކުލަވާލަނީ

ޢަލީ ޝަހީމް
މިއަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ޓީސީ އާއި ބެންގަލޫރު ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: މިހާރު

ކަނޑައެޅިފައިވާ މުއްދަތުގައި ރާއްޖޭގެ ކްލަބްތަކުން އޭއެފްސީ އަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެނޭޅުމުން އަންނަ އަހަރުގެ އޭއެފްސީ ކަޕުން ކްލަބަތަކަށް ފުރުސަތު ގެއްލުނު ސަބަބު ދެނެގަތުމުގެ ގޮތުން ކޮމިޓީ އެއް އެކުލަވާލުމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހުލޫފް ނިންމަވައިފިއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޓްބޯޅަ އަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ކުޅިވަރަކަށްވެފައި އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާތީ، އެކަން މެދުވެރިވި ސަބަބު ބަލައި އަދި އިސްލާހު ކުރަންޖެހޭ ކަންކަން ބެލުމަށް ކޮމިޓީ އެއް އެކުލަވާލަން ނިންމާފައިވާކަމަށެވެ. އަދި އެކަން ކުރިއަށް ދާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބްތަކާއި ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ގެއްލުނީ ކްލަބްތަކުން ލިޔެކިއުން ހުށަނޭޅުމުން ކަމަށް އެފްއޭއެމް އިން ބުނެއެވެ. ލިޔެކިއުން ފޮނުވުމުގެ މަސައްކަތް ރާއްޖޭން ކޮށްފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ނިއު ރޭޑިއަންޓުންނެވެ. މި ސީޒަނުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޑް ކުޅުނު އިރު ޓީސީ ކުޅުނީ ކޮލިފައިން ބުރުގައެވެ. އެކަމަކު އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ ލައިސެންސް އޮތް ކްލަބްތައް ކަމަށް ކަނޑައަޅައި އެ އިދާރާއިން މިފަހަރު ވަނީ ގަވައިދު ހަރުކަށި ކޮށްފައެވެ. އެފްއޭއެމް އިން ބުނެފައިވަނީ ލިޔެކިއުންތައް ފޮނުވުމަށް ކޮންމެ ޓީމަކަށްވެސް ލޮގިން އެއް ދެވިފައިވާނެކަމަށާއި، އެކަމަށް އޮފިޝަލެއްވެސް ތައްޔާރު ކުރެވިފައިވާނެ ކަމަށެވެ.

ރާއްޖެއަށް މުބާރާތުން ގެއްލުނު ފުރުސަތު މިފަހަރު ލިބުނީ ނޭޕާލަށެވެ. އަންނަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމެއް ވާދަނުކުރާއިރު މިއީ 2004 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ޓީމެއްނެތި މި މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ.

އޭއެފްސީ ކަޕަކީ ރާއްޖޭގެ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ތަޖުރިބާ ލިބޭ އެންމެ ރަނގަޅު ފުރުސަތެވެ. އެ މުބާރާތުގައި ވާދަކުރާ ކްލަބްތަކަށް ކުޅުންތެރިން ބަދަލުވާން ބޭނުންވަނީވެސް ސަރަހައްދުގެ ޓީމުތަކާއިކުޅެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *