ލެގޫންސް އާއި އޮފު އެފްސީއަށް ވެސް މޮޅެއް

Advertisement

ލެގޫންސް އާއި އޮފު އެފްސީއަށް ވެސް މޮޅެއް

ފަހުމިނެޓް

އެފްއޭއެމް ތިންވަނަ ޑިވިޝަން މުބާރާތުގައި މިއަދު ކުޅެވުނު މެޗުތަކުން ލެގޫންސް އާއި އޮފު އެފްސީ މޮޅުވެއްޖެއެވެ.

އެފްއޭއެމް ޓާފުގައި ކުޅެވުނު ގުރޫޕް 3ގެ މެޗުން ލެގޫންސް ސްޕޯޓްސް ކުލަބުން ތުޅާދޫ އެވެންޗާސް ސްޕޯޓްސް ބަލިކުރީ 5-0ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި ލެގޫންސް އިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެލަނޑު ޖެހީ އަލީ މުޚްތާރު ހުސައިން އެވެ. އަނެއް ތިން ލަނޑު ޖަހައިދިނީ އަހުމަދު އިމްރާނާއި އާލިމް އަބްދުލް ގައްޔޫމް އަދި އަލީ އަޒްހާރެވެ.

ލެގޫންސް މުބާރާތުގައި ކުޅެވުނު ފުރަތަމަ ގުރޫޕް ސްޓޭޖު މެޗުންވެސް މޮޅުވެފައިވާއިރު އެޓީމަށް މިވަނީ މިގުރޫޕުން ދެވަނަބުރަށް ދިޔުމާ ގާތަށް ޖެހިލާފައެވެ. ނަމަވެސް ތުޅާދޫ މިވަނީ ބާކީ އެއް މެޗު އޮއްވާ ކުޅުނު ދެމެޗުންވެސް ބަލިވެ، މުބާރާތުން ކަޓާފައެވެ.

ގުރޫޕް 4ގެ މެޗުގައި އޮފު އެފްސީ މޮޅުވީ ދަނޑު ގޯޅި ސްޕޯޓްސް ކުލަބާ ވާދަކޮށް 3-1 އިންނެވެ. އޮފު އެފްސީއިން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގިއިރު މިއީ ދަނޑު ގޯޅި ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި މިއީ މިމުބާރާތުގައި ފެނުނު ފުރަތަމަ ބައި ގޯލުވެސް މެއެވެ. މިގޯލު ޖެހިތާ މާގިނައިރެއް ނުވަނީސް ހުސައިން މިފްރާހް ވަހީދު ވަނީ ދަނޑު ގޯޅިއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފައެވެ. އޮފު އެފްސީގެ ފަހު ދެލަނޑު މެޗުގެ 71 ވަނަ މިނިޓުގައާއި 77 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ކުރިން ފުރަތަމަ ޑިވިޝަނުގައިވެސް ކުޅުނު ބާހުޖާތު އަބްދުލް އަޒީޒެވެ.

އޮފު އެފްސީ ވަނީ މިގުރޫޕުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން ހޮސްކޯވޯ އަތުން ބަލިވެފައެވެ. އަދި ދަނޑު ގޯޅި ކުޅުނު ފުރަތަމަ މެޗުން އެޓީމު ވަނީ ރޮކް ސްޓްރީޓާ ވާދަކޮށް ޕޮއިންޓެއް ހޯދާފައެވެ.

މިމުބާރާތުގައި މާދަމާ ކުޅެވިގެންދާނީ ގުރޫޕް 5ގެ ވިޔަންސާ އާއި ރިވަލްސާ އަދި ގުރޫޕް 6ގެ ސުޕަރ ޔުނައިޓެޑާއި ކެޕިޓަލް ސިޓީ ބައްދަލުކުރާ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *