އިންވިޓޭޝަނަލް މުބާރާތުގައި ރާއްޖެ އަތުން ސިންގަޕޫރަށް ހަނި މޮޅެއް

Advertisement

އިންވިޓޭޝަނަލް މުބާރާތުގައި ރާއްޖެ އަތުން ސިންގަޕޫރަށް ހަނި މޮޅެއް

ފަހުމިނެޓް

އެފްއޭއެސް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރެގިއުލާގެ ނަމުގައި ސިންގަޕޫރު ފުޓުބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ އިންވިޓޭޝަނަލް މުބާރާތުގައި ދިވެހިރާއްޖޭގެ އަންހެން ފުޓިބޯޅަ ޓީމު މިއަދު ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ތިންވަނަ ހޮވާ މެޗުގައި އިންޑޮނޭޝިއާއާ ވާދަކުރަން ޖެހިއްޖެއެވެ. މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމު ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

މިއަދު ފެށި މިމުބާރާތުގެ ފުރަތަމަ މެޗުގައި ލަކްޒެމްބާގް ވަނީ އިންޑޮނޭޝިއާ އަތުން 1-0 އިން މޮޅުވެ، ފައިނަލަށް ދަތުރު ކޮށްފައެވެ.

Advertisement

ފުރަތަމަ ހާފުގައި ޖުމްލަކޮށް ދިފާއީ ކުޅުމެއް ކުޅެމުން ދިޔަ ނަމަވެސް ރާއްޖޭގެ ޓީމުން ފުރަތަމަ ހާފުގެ ފަހުވަގުތު ވަނީ ރަނގަޅު ޕާސްތަކެއް ކޮށް، ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކެޕްޓަން ފަދުވާ ޒާހިރަށް ވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ރަނގަޅު ހުސް ދެ ފުރުސަތެއް ލިބި، ބޭނުން ނުކުރެވިފައެވެ.

ސިންގަޕޫރުގެ ދެ ޑިފެންޑަރު ކައިރިން ނައްޓާލާފައި ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިންވެސް ނައްޓާލިއިރު ގޯލުގެ ތެރަށް ބޯޅަ ފޮނުވާ ނުލެވުނީ ކުރިމަތީގައި ހުރި ޑިފެންޑަރުގެ ސަބަބުންނެވެ. އަދި އޭގެ ތިން މިނިޓު ފަހުން ސިންގަޕޫރުގެ ޑިފެންޑަރަކަށް ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުގެ ފައިދާ ނަގައި، ފަދުވާ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަން ނަމަވެސް ބޯޅަ ފޮނުވާލެވޭގޮތެއް ނުވިއެވެ.

ފުރަތަމަ ހާފުގެ ޑިފެންސިވް ކުޅުމަށް ފަހު ދެވަނަ ހާފު ފެށިގެން ރާއްޖޭގެ ޓީމު ކުޅެމުން ދިޔައީ  ކުރިަށްވުރެ ބޮޑަށް ކުރިއަށް ޖެހިގެންނެވެ. މީގެ ފައިދާ ނަގައި ސިންގަޕޫރުން ލީޑު ނެގީ 62 ވަނަ މިނިޓުގައި ރާއްޖޭގެ ޑިފެންޑަރުން ކުރިއަށް އަރާތިބި ވަގުތެއްގައި އެޓީމުގެ ހުސްކޮށް ހުރި ނޫރް ރައުދާއެވެ. ރައުދާ ވަނީ ފުރަތަމަ ހާފުގައި ވެސް ރާއްޖޭގެ ޑިފެންްސް ލައިނަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ 71 ވަނަ މިނިޓުގައި ސިންގަޕޫރުގެ ހުރައިޒާ އިސްމާއީލް ވަނީ ނުރައްކާތެރި ހިލޭޖެހުމެއް ފޮނުވާލާފައެވެ. އޭނާ ގޯލުގެ މަތީ ކަނަށް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ރާއްޖޭގެ ޓީމުގެ ކީޕަރު އާމިނަތު ލީޒާއެވެ. މެޗުގެ 80 ވަނަ މިނިޓުގައި ސިންގަޕޫރުގެ ކުޅުންތެރިއެއް މުޅިން ހުސްކޮށްހުރެ ބޯޅަހިފައިގެން ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް ވެސް ލީޒާ ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.

ހަތަރު ގައުމެއް ވާދަކުރާ މިމުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ޓީމު އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުންނަ މެޗު ކުޅެވިގެންދާނީ އަންނަ އާދީއްތަ ދުވަހު ރާއްޖޭގެ ގަޑިން ހެނދުނު 11:00 ގައެވެ. ސިންގަޕޫރާއި ލަކްޒެމްބާގު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ހަމަ އެދުވަހު ރާއްޖެ ގަޑިން މެންދުު 14:00 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *