ވިކްޓްރީގެ ކުޅުންތެރިން ހަމަނުވުުމުން އީގަލްސް އަށް މެޗު ލިބިއްޖެ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ކުޅެން ހަމަޖެހިފައި އޮތް މެޗު ކުޅެވޭވަރަށް ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ހަމަނުވެ، މެޗު ނުކުޅޭގޮތަށް ނިންމުމުން ކްލަބް އީގަލްސް އަށް މެޗު ލިބިއްޖެ އެވެ. ކުޅުންތެރިންނަށް މުސާރަ ނުލިބޭ މައްސަލައިގައި ފުރަތަމަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކުރަން އޮތް މެޗުވެސް އެޓީމުން ނުކުޅެއެވެ. އެމެޗު ނުކުޅެވުނީ ވިކްޓްރީ ޓީމު ހާޒިރުނުވުމުންނެވެ.
ދެވަނަބުރު ފެށުމުގެ ގޮތުން ޓީސީ އާއި ކުޅުނު ފުރަތަމަ މެޗަށްވެސް އެޓީމުގެ ކުޅުންތެރިން މެޗު ކުޅުމަށް ދަނޑަށް ދިއުމަށް އެއްބަސްވީ ފަހު ވަގުތުއެވެ. ލީގުގެ ފުރަތަމަ ބުރުގައި ޓީސީ އާއި ދެކޮޅަށް ކުޅުނު މެޗަށް އެޓީމު ދަނޑަށް ހާޒިރުނުވީ ކްލަބް ހިންގުމުގައި އަމަލީކޮށް މަސައްކަތްކުރާ ބައެއް ބޯޑު މެމްބަރުން މެޗަށް ނުދިއުމަށް ކުޅުންތެރިންގެ ކިބައިން އެދުމުންނެވެ.
Victory SC aai Club Eagles miadhu kulhen oith match Victory SC ge kulhuntherin hama nuvegen nukulhey gothah nimmaifi #DhiraaguDhivehiPremierLeague #DDPL2018 #EAGvVIC pic.twitter.com/y9BBjILhl5
— ALI SUZAIN???????? (@alisuzain) November 21, 2018
ވިކްޓްރީ ހަމަމަގަށް އެޅުވުމުގެ ގޮތުން މިދިޔަ މާޗްމަހު އެ ކްލަބުން ބޭއްވި އިންތިހާބުގައި ކްލަބާއި ހަވާލުވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެވެ. އެކަމަކު ކްލަބް ހަމައަކަށް އެޅުވުމަށް ކުރެވުނު މަސައްކަތުގެ އެއްވެސް ނަތީޖާއެއް ނުފެނުނެވެ. ޓީސީ މެޗަށް ހާޒިރު ނުވުމުން އޭގެ ދުވަސްކޮޅެއް ފަހުން މުހައްމަދު އިސްމާއީލް އަދި އަލީ އާރިފް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ވިކްޓްރީގެ ހާލަތު ދުވަހުން ދުވަހަކަށް ގޯސްވަމުންދާއިރު ލީގު މެޗުތަކަށް އެޓީމުގެ ކުޅުންތެރިން ހަމަވަނީވެސް ކިރިޔާއެވެ. ލީގުގެ ކުޅުން ސާފް ސުޒުކީ ކަޕަށް މެދުކަނޑާލި މުއްދަތުގައި ޓީމުން އެއްވެސް ޕްރެކްޓިހެއް ކޮށްފައިނުވާއިރު މުސާރައިގެ މައްސަލައިގައި ކުޅުންތެރިން ދިޔައީ ޝަކުވާ ކުރަމުންނެވެ. ޓީމު އެހާލަތުގައި އޮތުމުން އަމިއްލަ ގޮތުން އިސް ނަގައިގެން އެޓީމުގެ ކޯޗެއްގެ ގޮތުގައި ހަވާލުވީ މުހައްމަދު ނަޒީހު އެވެ.
ސީޒަނުގެ ކުރީކޮޅު ރަނގަޅު ހާލަތެއްގައި އޮވެ ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު އޭރު ވިކްޓްރީގެ ކޯޗަކަށްހުރި ލާސްލޯ ކިސް ފުރައިގެން ދިޔައީވެސް ކްލަބްގައި ކުރިއަށްދާނެ މާހައުލެއް ނެތްކަމަށް ބުނެއެވެ.
ވިކްޓްރީ ޓީމު ހަމަނުވުމުން ފައިދާ ދެގޯލާއެކު ތިން ޕޮއިންޓް ލިބުނު ކްލަބް އީގަލްސް ވަނީ ދެވަނައަށް ޖެހިލައިފައެވެ. 14 މެޗުން 32 ޕޮއިންޓް އެޓީމަށް ލިބިފައިވާއިރު މިވަގުތު 31 ޕޮއިންޓާއެކު ތިންވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް ކްލަބް މިރޭ ށ. ފޯކައިދޫ އަތުން މޮޅުވެއްޖެ ނަމަ އެޓީމަށް އަލުން ދެވަނަ މަގާމް ލިބޭނެއެވެ.
Advertisement


Leave a Reply