އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ޖާގައެއް ނެތް!

Advertisement

އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ޖާގައެއް ނެތް!

ފަހުމިނެޓް

ކްލަބްތައް ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތުގައި ރާއްޖޭގެ ފުޓުބޯޅަ އިދާރާއިން އެކަން ކޮށްފައި ނުވާތީ ރާއްޖޭގެ ކްލަބްތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލިއްޖެއެވެ.

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ދިން މުއްދަތުގައި އެފްއޭއެމުން އޭއެފްސީގެ ކްލަބް ލައިސަންސިން އެޑްމިނިސްޓްރޭޝަން ސިސްޓަމުގައި ރާއްޖޭގެ ކްލަބްތައް ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ. އަދި އެކަން ކުރުމަށް އެ ސިސްޓަމް އަލުން ހުޅުވައިދޭން އެފްއޭއެމުން އެދުނު ނަމަވެސް އޭއެފްސީން ވަނީ އެކަން ކޮށްދެވެން ނެތް ކަމަށް އަންގައިފަ އެވެ.

އޭއެފްސީއަށް އެފްއޭއެމުން ފޮނުވި ސިޓީގެ ޖަވާބު.

އެފްއޭއެމަށް ޖަވާބުގައި އޭއެފްސީން ފޮނުވި ސިޓީގެ ކޮޕީއެއް “ފަހުމިނެޓް” އަށް ލިބިފައިވާއިރު، އޭގައި އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ދާތޯ ވިންސޯ ޖޯން ވަނީ އެފްއޭއެމުން އެދުނު ގޮތަށް އެކަންކޮށްދޭން މިހާރު މާ ބޮޑަށް ވަގުތު ފާއިތުވެފައިވާ ކަމަށާއި، 2018 ވަނަ އަހަރުގެ ކުލަބް ލައިސެންސިންގެ ކަންކަން މިއަހަރުގެ އޮކްޓޫބަރު 31ގެ ނިޔަލަށް ނިމިފައި ވާކަމަށެވެ.

އޭއެފްސީއިން ވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހު އެ އެސޯސިއޭޝަނުން 2018 ވަނަ އަހަރު ތައާރަފްކުރާ ކްލަބް ލައިސެންސިން ގަވާއިދަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް އަހުލުވެރިކުރުވުމަށް ހާއްސަ ސެމިނާއެއް ވެސް ބާއްވައިފި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *