ރޭޖް އަދި ކޮންފެރޭ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

Advertisement

ރޭޖް އަދި ކޮންފެރޭ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ފަހުމިނެޓް
ކޮންފެރޭ އަދި ރޭޖް ސްޕޯޓްސްގެ ކެޕްޓަނުން މެޗު އޮފިޝަލުންނާއެކު. - ފޮޓޯ: އެފްއޭއެމް 3 ވަނަ ޑިވިޝަން ފޭސްބުކް ޕޭޖް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ގުރޫޕް 1 ގެ ރޭޖް ސްޕޯޓްސް ކުލަބާއި ކޮންފެރޭ ސްޕޯޓްސް ކުލަބު ކުޅުނު މެޗު އެއްވެސްޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވުނު މިމެޗު ޝަރަފްވެރި ކޮށްދިނީ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ މިޑްފީލްޑަރ ހުސައިން ނިހާން (ނިހާޓް) އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ވާމިޔާބު ކޮށްފައިވާ މިދެޓީމު މިއަދު ބައްދަލުކިުރި މެޗު 0-0 އިން އެއްވަރުވެގެން ނިމުނުއިރު މިއީ މިއަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިދިޔަ ފުރަތަމަ މެޗެވެ.

މެޗު ޝަރަފްވެރި ކޮށްދިނުމުގެ ގޮތުން ހުސައިން ނިހާން (ނިހާޓް) ކުޅުންތެރިންނާ ސަލާމް ކުރަނީ. – ފޮޓޯ: އެފްއޭއެމް 3 ވަނަ ޑިވިޝަން ފޭސްބުކް ޕޭޖް

ކުޅުނު ދެމެޗުން މި ދެޓީމަށްވެސް ޖުމްލަ ހަތަރު ޕޮއިންޓް ލިބޭއިރު ރޭޖް ސްޕޯޓްސް ގުރޫޕުގެ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިގުރޫޕުގައި ދެން ހިމެނޭ ފެލްކަން ސްޕޯޓްސް ކުލަބާއި އެމްއެސް ހެލްޕިން ހޭންޑް އެއް މެޗު ކުޅެފައި ވާއިރު ދެޓީމަށްވެސް އަދި ޕޮއިންޓެއް ނުލިބެއެވެ.

މިމުބާރާތުގެ މެޗެއް ދެން ކުޅެވިގެންދާނީ ނޮވެމްބަރު 20 ވާ އަންގާރަ ދުވަހުއެވެ. ބައްދަލުކުރާނީ ގުރޫޕް 2 ގެ ބުރު ސްޕޯޓްސް ކުލަބާއި އެލްޓީ ސްޕޯޓްސް ކުލަބެވެ. މިމެޗުވެސް ކުޅެވިގެންދާނީ އެފްއޭއެމް 1 ނަންބަރު ޓާފުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *