ފުރަތަމަ ހާފުގެ ގޯލުތަކާާއެކު އަމީގޯސް އަތުން ޔޫއެން ފްރެންޑްސް މޮޅުވެއްޖެ

Advertisement

ފުރަތަމަ ހާފުގެ ގޯލުތަކާާއެކު އަމީގޯސް އަތުން ޔޫއެން ފްރެންޑްސް މޮޅުވެއްޖެ

ފަހުމިނެޓް
ޔޫއެން ފްރެންޑްސް އަދި އަމީގޯސް ބައްދަލުކުރި މެޗު ޝަރަފްވެރި ކޮށްދެއްވީ ނިއުރޭޑިއަންޓް އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ރަޝީދު (ހޮކޭ).

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ގުރޫޕް 7 ގެ ކުލަބް އަމީގޯސް އަތުން ޔޫއެން ފްރެންޑްސް މޮޅުވެއްޖެއެވެ.

އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވުނު މެޗުގައި ޔޫއެން ފްރެންޑްސް މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. އިރުހާސް އަހުމަދާއި ހާޝިމް ޚާލިދު އަދި ޝާރިގު އިބްރާހީމްގެ ލަނޑުތަކުން ޔޫއެން ފްރެންޑްސް ފުރަތަމަ ހާފު ނިންމާލީ 3-0 ގެ ބޮޑު ލީޑަކާއެކު އެވެ.

Advertisement

އަމީގޯސް އިން ވަނީ ދެވަނަ ހާފުގެ ފުރަތަމަ ހަތަރުވަނަ މިނިޓުގައި ލަނޑެއް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަކްމަލް މުހައްމަދެވެ. ޔޫއެން ފްރެންޑްސްގެ ފަތަރުވަނަ ގޯލު 89 ވަނަ މިނިޓުގައި ކާމިޔާބު ކޯށްދިނީ އަލީ އުމައިދެވެ.

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މާދަމާ ހަވީރު ކުޅެވިގެންދާނީ ގުރޫޕް 1ގެ މެޗެކެވެ. ބައްދަލުކުރާނީ ރޭޖް ސްޕޯޓްސް ކުލަބާއި ކޮންފެރޭ ސްޕޯޓްސް ކުލަބެވެ. މި ދެޓީމުވެސް ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވިގެންދާނޭ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 15:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *