ފުލަމް އިން ފުރަތަމަ ބޭނުންވީ ރަނިއޭރީ އެއް ނޫން، ވެންގާ!

Advertisement

ފުލަމް އިން ފުރަތަމަ ބޭނުންވީ ރަނިއޭރީ އެއް ނޫން، ވެންގާ!

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ފުލަމް އަށް އިއްޔެ ހަމަޖެއްސި ކޯޗު ކްލައުޑިއޯ ރަނިއޭރީގެ ބަދަލުގައި އެޓީމުން ފުރަތަމަ މަސައްކަތްކުރީ އާސެން ވެންގާ ގެންދިއުމަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ލީގުގެ ފުލުގައި އޮތް ފުލަމްގެ ކޯޗުކަމަށް ކުރިން ލެސްޓާ ސިޓީއަށް ލީގު ކާމިޔާބު ކޮށްދިން ރަނިއޭރީ ހަމަޖެއްސީ އެޓީމުގެ ކޯޗު ސްލަވިސާ ޖޮކަނޮވިޗް މަގާމުން ދުރު ކުރުމަށްފަހުއެވެ.

އާސެނަލަށް 22 އަހަރު އިރުޝާދު ދިނުމަށްފަހު ވެންގާ އެ މަގާމް ދޫކޮށްލީ މިދިޔަ ސީޒަނަށް ފަހުއެވެ. އިނގިރޭސި ނޫސް ދަ ޑެއިލީ ޓެލެގްރާފުން ރިޕޯޓު ކުރިގޮތުގައި ފުލަމްގެ ވެރިޔާ ޝާހިދް ޚާން ވަނީ ފުލަމްގެ ކޯޗުކަމާއި ހަވާލުވާން ބޭނުންވާ ކޯޗުންގެ ލިސްޓުގައި ވެންގާ ހިމަނައި އެއްބަސްވުމަކަށް ދާން މަސައްކަތް ކޮށްފައެވެ. އެކަމަކު ވެންގާ އެ ކްލަބާއި ހަވާލުވުމުގެ އެއްވެސް ފުރުސަތެއް ނެތުމުން ރަނިއޭރީ ހަމަޖެއްސިއެވެ.

ވެންގާ މީގެ ކުރިން ބުނެފައިވަނީ އާސެނަލްގައި 22 އަހަރު ހޭދަކުރުމަށްފަހު ޕްރިމިއާ ލީގުގެ އެހެން އެއްވެސް ކްލަބަކާއި ހަވާލު ނުވާނެކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކުން ވަނީ ވެންގާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކަމަކު ރެއާލުން ވަނީ ދާދިފަހުން އެޓީމުގެ ދާއިމީ ކޯޗަކަށް ސަންޓިއާގޯ ސޮލާރީ ހަމަޖައްސައިފައެވެ.

އާސެނަލްގައި ހޭދަކުރި ދިގު މުއްދަތަށްފަހު އޭނާގެ ކުރިމަގާއި ގުޅޭގޮތުން މިމަހުގެ ކުރީކޮޅު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއަށް ލިބެމުންދާ ހުށަހެޅުންތަކަށް ބެލުމަށްފަހު އަންނަ ޖެނުއަރީމަހު ގޮތެއް ނިންމާނެކަމަށެވެ.

“އަހަރެން އަދި ކުރިމަގާމެދު ގޮތެއް ނުނިންމަން. ތެދަށް ބުނަންޏާ ރެއާލް މެޑްރިޑުން އަހަރެންނަށް ހުށަހެޅުމެއް އައިސްފައެއް ނުވޭ އެހެންވީމަ އަހަރެން އެ ކްލަބަށް ނޫނެކޭ ބުނާކަށް ނުޖެހުނު” ވެންގާ ބުންޏެވެ.

ޖެނުއަރީ މަހު ފުޓްބޯޅައަށް އެނބުރި އަންނައިރު ވެންގާ ކޯޗިން އިން އަލުން ފެނިދާނެކަމާމެދު ޔަގީނެއް ނޫނެވެ. ވެންގާ މީގެ ކުރިން ބުނީ އޭނާއަށް މިހާރު ތަފާތު ހުށަހެޅުންތަކެއް ލިބިއްޖެ ކަމަށާއި، އޭގެ ތެރޭގައި ކްލަބްތަކުގެ އިތުރުން ގައުމީ ޓީމުތައްވެސް ހިމެނޭ ކަމަށެވެ.

ވެންގާ އާސެނަލާ ހަވާލުވީ 1996 ވަނަ އަހަރުއެވެ. އޭގެކުރިން އޭނާ ވަނީ ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އަށްވެސް ކޯޗުކޮށްދީފައެވެ. މީގެ އިތުރުން ވެންގާ ވަނީ ކެރިއަރުގެ ކުރީކޮޅު ފްރާންސްގެ ނެންސީ އާއި މޮނާކޯގައިވެސް މަސައްކަތް ކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *