ކެޕިޓަލް ސިޓީ އަތުން ބެންޗް ސްޕޯޓްސް މޮޅުވެއްޖެ

Advertisement

ކެޕިޓަލް ސިޓީ އަތުން ބެންޗް ސްޕޯޓްސް މޮޅުވެއްޖެ

ފަހުމިނެޓް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ގުރޫޕް 6 ގެ ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބް އަތުނ ބެންޗް ސްޕޯޓްސް ކުލަބް މޮޅުވެއްޖެއެވެ.

ބެންޗް ސްޕޯޓްސް މިއަދުގެ މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ޒަޔާން ނަސީރާއި އަހުމަދު ފިރާޝް އަދި ޔޫސުފް ޖައިޝަމް އެވެ. ޒަޔާން ވަނީ މެޗުގައި ބެންޗް ސްޕޯޓްސް ކުލަބަށް ދެ ގޯލު ކާމިޔާބު ކޮށްދީފައެވެ.

އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވުނު މިމެޗުގައި ކެޕިޓަލް ސިޓީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އިސްމާއިލް މަމްދޫހާއި އިސްމާއިލް ހުސައިން އެވެ.

މާދަމާ ހަވީރު މިމުބާރާތުގައި ކުޅެވިގެންދާނީ ގުރޫޕް 7ގެ މެޗެކެވެ. އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވިގެންދާނޭ މިމެޗުގައި ބައްދަލުކުރާނީ ޔޫއެން ފްރެންޑްސް އާއި ކްލަބް އަމީގޯސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *