ރަނިއެރީ އަލުން އެނބުރި ޕްރިމިއަރ ލީގަށް

Advertisement

ރަނިއެރީ އަލުން އެނބުރި ޕްރިމިއަރ ލީގަށް

ފަހުމިނެޓް
ރަނިއެރީ ޕްރިމިއަރ ލީގު ތަށްޓާއެކު އުފާފާޅުކުރަނީ.

އިނގިރޭސި ޕްރިމިއަރ ލީގަށް މިސީޒަނުގައި ޕްރޮމޯޓްވި ފުލަމްގެ ކޯޗަކަށް، 2016 ވަނަ އަހަރު ލެސްޓާ ސިޓީއަށް ޕްރިމިއަަރ ލީގު ކާމިޔާބުކޮށަދިން ކޯޗު އިޓަލީގެ ކްލައުޑިއޯ ރަނިއެރީ ހަމަޖައްސައިފިއެވެ.

ރަނިއެރީ މިމަގާމަށް ހަމަޖެއްސީ ކުރިން މަގާމުގައި ހުރި ސްލަވީސާ ޖޯކަނޯވިކް މަގާމުން ވަކިކުރުމަށްފަހުއެވެ.

މިވަގުތު ޕްރިމިއަރ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތް ފުލަމް އަށް ކުޅުނު 12 މެޗުން އެންމެ ފަސް ޕޮއިންޓް ލިބިފައި ވާއިރު ރަނިއެރީ އަށް ވަނީ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ދީފައެވެ.

ރަނިއެރީ ވަނީ މީގެކުރިން ޕްރިމިއަރ ލީގުގައި ޗެލްސީއަދި ލެސްޓާ ސިޓީއަށް ކޯޗް ކޮށްދީފައެވެ. އާދައިގެ ޓީމަކާއެކު ރަނިއެރީވަނީ 2016 ވަނަ އަހަރު މުޅި ދުނިޔެވެސް ސިއްސުވާލުމަށްފަހު ލެސްޓާ ސިޓީއަށް ޕްރިމިއަރ ލީގު ތަށި ކާމިޔާބު ކޯށްދީފައެވެ. އެއަހަރު އޭނާ ވަނީ ފީފާއިން ހޮވާ ދި ބެސްޓް ކޯޗްގެ އެވޯޑުގެ އިތުރުން ތަފާތު އިތުރު އެވޯޑްތައް ވެސް ހާސިލުކޮށްފައެވެ.

ފުލަމްގެ މަގާމުން ވަކިކުރި ކޯޗު ސްލަވީސާ ޖޯކަނޯވިކް.

ޕްރިމިއަރ ލީގުގެ އިތުރުންވެސް ރަނިއެރީ ވަނީ އިޓަލީ އާއި ސްޕެއިން އަދި ފްރާންސްގެވެސް މަޝްހޫރު ބައެއް ކުލަބުތަކަށް ކޯޗް ކޮށްދީފައެވެ. ސްޕެއިންގެ ވެލެންސިޔާ އާއި އެތްލެޓިކޯ މެޑްރިޑުގެ އިތުރުން އިޓަލީގެ ނަޕޯލީ، ފިއޮރެންޓީނާ، ޔުވެންޓަސް، ރޯމާ އަދި އިންޓަ މިލާނުގެ އިތުރުން ފްރާންސްގެ މޮނާކޯގައިވެސް އޭނާވަނީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ފުލަމްއާ ހަވާލުވުމުގެ ކުރިން ރަނިއެރީ ވަނީ ނިމިދިޔަ ސީޒަނުގައި ފްރާންސްގެ ނަންޓޭސް އަށް ކޯޗްކަން ކޮށްދީފައެވެ.

ޗެލްސީގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދިފައި ނުވިޔަސް އޭނާއަކީ ޗެލްސީގެ ސަޕޯޓަރުންގެ ފުރިހަމަ ލޯބި ހޯދާފައިވާ ކޯޗެކެވެ. ހަމައެހެންމެ ފުލަމްގެ މަގާމުން ވަކިކުރި ކޯޗް ޖޯކަނޯވިކް އަކީ ރަނިއެރީ 2000 ވަނަ އަހަރު ޗެލްސީއާ ހަވާލުވެ، އެޓީމަށް އެންމެ ފުރަތަމަ ސޮއިކުރުވި ކުޅުންތެރިޔާވެސް މެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *