ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Advertisement

ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޢަލީ ޝަހީމް

މިއަހަރުގެ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އާއްމުކޮށް ހުޅުވާލައިފިއެވެ.

މިފަހަރުގެ މުބާރާތުގައިވެސް އަންހެން އަދި ފިރިހެން ބައިގައި ކުޅުންތެރިންނަށް ވާދަކުރެވޭނެއެވެ. މިމަހުގެ 22 އިން އަންނަ މަހުގެ އެއްވަނަ ދުވަހަށް މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔޫތް ސިޓީގެ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓުގައެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަމުގެ 19 ވާ ހޯމަ ދުވަހުގެ 12:00 އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމު ވޮލީބޯޅަ އެސޯސިއޭޝަންގެ އޮފީހުންނާއި އެ އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

Advertisement

މިދިޔަ ނުވަ އަހަރުވެސް މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ) ގެ ޕެއާއިންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި މި ދެކުޅުންތެރިން ނުކުތީ ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު އަނިލް ނަސީރު، އަދުނާން އަބްދުލް ހަމީދުގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ ކާމިޔާބު ކުރީ 17-21 އަދި 05-21 ސެޓުތައް ގެންގޮސްގެންނެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ ހައްވާ ރާޝިދާ އާއި ފާތިމަތު ޒީނިޔާ މޫސާގެ ޕެއާ އެވެ. މި ދެކުޅުންތެރިން ފައިނަލުގައި ވާދަކުރީ އާމިނަތު އަރީޝާ، އާއިޝަތު މާޖިދާގެ ޕެއާއާއެވެ. މިދިޔަ އަހަރު އަންހެން މުބާރާތުގެ ތިންވަނަ އަށް ދިޔައީ ޝަފްނާ އިބްރާހީމް އާއި ޝާނިޔާ އަހުމަދުގެ ޕެއާ އެވެ.

 

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *