ލިވަޕޫލުގެ ކުޅުމަށް އަސަރުކުރަނީ މިދިޔަ ސީޒަނާ އަޅާކިޔާތީ: ކްލޮޕް

Advertisement

ލިވަޕޫލުގެ ކުޅުމަށް އަސަރުކުރަނީ މިދިޔަ ސީޒަނާ އަޅާކިޔާތީ: ކްލޮޕް

ޢަލީ ޝަހީމް

ފަހަކަށް އައިސް ފޯމު ދައްވެފައިވާ ލިޕަޕޫލަށް އަސަރުކުރަނީ މިދިޔަ ސީޒަނުގައި އެޓީމު ދެއްކި ކުޅުމާ އަޅާކިޔާތީ ކަމަށް އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ. ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފުލަމް އާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ކްލޮޕް ބުނީ މިދިޔަ ސީޒަނުގައި އެޓީމުން ދެއްކި ކުޅުން ތަކުރާރު ކުރެވިފައި ނުވިނަމަވެސް، އެޓީމު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

މެންޗެސްޓަރ ސިޓީ އާއި ޗެލްސީ އާއެކު ލިވަޕޫލްވެސް ލީގުގައި މިހާތަނަށް ބަލިވެފައެއް ނުވެއެވެ. އެއްވަނައިގައި އޮތް ސީޓީއަށްވުރެ ދެ ޕޮއިންޓް ފަހަތުގައި އޮތްއިރު ދެވަނައިގައި އޮތް ޗެލްސީ އާއި ޕޮއިންޓުގެ ގޮތުން އެޓީމު އޮތީ އެއްވަރެއްގައެވެ. ޗެލްސީއަށް ދެވަނަ ލިބެނީ ލިވަޕޫލަށްވުރެ ފައިދާ ގޯލު ގިނަވުމުންނެވެ.  ލީގުގައި އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. އެޓީމު އެއްވަރުވީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިޓީ އާއި ޗެލްސީގެ އިތުރުން އާސެނަލާއި ވާދަކުރި މެޗުގައެވެ. އެކަމަކު ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އަތުން ބަލިވެ އެޓީމަށް ވަނީ ހާސްކަން ކުރިމަތިވެފައެވެ.

Advertisement

“ޕޮއިންޓުގެ ގޮތުން މިދިޔަ ސީޒަނާ އަޅާކިޔާއިރު ޓީމު އޮތް ހާލަތު ރަނގަޅު ނަމަވެސް މިފަހަރު އެތަން ނުފެންނަނީ ދެ ސަބަބަކާހުރެ. އެއީ މިދިޔަ ސިޒަނުގެ ބައެއް މެޗުގައި ލިވަޕޫލުން ދެއްކި ތަފާތު މޮޅު ކުޅުމާ ސިޓީ އާއި ޗެލްސީ މި ސީޒަނުގައި މޮޅަށް ކުޅޭތީ” ކްލޮޕް ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސްޕެއިންގެ ރެއާލް މެޑްރިޑް އަތުން 3-1 އިން ބަލިވިރު އެޓީމުން ލީގު ނިންމާލީ ހަތަރު ވަނައިގައެވެ. މިދިޔަ ސީޒަނުގެ ލީގުގައި ލިވަޕޫލުން ވަނީ 84 ގޯލު ޖަހައިފައެވެ. އެޓީމަށްވުރެ ގިނައިން ލީގުގައި މިދިޔަ ސީޒަނުގައި ގޯލުޖެހީ 106 ގޯލު ޖެހި ސިޓީ އެވެ.

މިދިޔަ ސީޒަނުގައި އެޓީމުގެ އެޓޭކުގައި ކުޅުނު މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯ ވަނީ ގިނަ ގޯލުތަކެއް ޖަހައިފައެވެ. އެކަމަކު މިދިޔަ ސީޒަނުގައި ދެއްކި ކުޅުން މި ތިން ކުޅުންތެރިންނަށް މި ސީޒަނުގައި އަދި ތަކުރާރު ކުރެވިފައެއް ނުވެއެވެ.

ކްލޮޕް ބުނީ މިއީ ކާމިޔާބު ސީޒަނެއް ކަމަށް އެންމެންވެސް ގަބޫލު ކުރާނީ ލިވަޕޫލުން މިފަހަރު ޗެމްޕިއަންކަން ހޯދައިގެންކަމަށެވެ. އެކަމަކު ޓީމު ބައްޓަން ކުރާނީ ހާލަތަށް ބަލައި ކުޅުން ރަނގަޅު ކުރަން ކަމަށް ކްލޮޕް ބުންޏެވެ.

“މިދިޔަ އަންގާރަ ދުވަހު އަހަރެމެނަށް ލިބުނީ ބޮޑު ގެއްލުމެއް. މިފަދަ ހާލަތްތަކުގައި އަބަދުވެސް އަހަރަމެނަށް ރަނގަޅު ކުރެވޭނެ. މި ސީޒަނުގައި އުނދަގުލުގައި އަހަރެމެން އުޅުނީ ރެޑް ސްޓާ އަދި ނަޕޯލީ މެޗުގައި. އެހެން މެޗުތަކަށް ބަލާއިރު މި ސީޒަނުގައި ޓީމު އަދި ފެންނަނީ ކާމިޔާބުކޮށް” އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ބަލިވި މެޗަށް އިޝާރާތް ކުރަމުން ކްލޮޕް ބުންޏެވެ.

ލީގުގައި ލިވަޕޫލާއި ފުލަމް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *