އެމްޒެޑްޖީ އާއި ޓެންޓު ސްޕޯޓްސް ވެސް މޮޅުވެއްޖެ

Advertisement

އެމްޒެޑްޖީ އާއި ޓެންޓު ސްޕޯޓްސް ވެސް މޮޅުވެއްޖެ

ފަހުމިނެޓް

އެފްއޭއެމް ތިންވަނަ ޑިވިޝަނުގައި އިއްޔެ ގުރޫޕް 2 ގެ މައްޗަންގޮޅި ޒުނާނުންގެ ގުޅުން (އެމްޒެޑްޖީ) އާއި ގުރޫޕް 3 ގެ ޓެންޓް ސްޕޯޓްސް ކުލަބް މޮޅުވެއްޖެއެވެ.

އެފްއޭއެމް 1 ނަންބަރު ޓާފުގައި ކުޅެވުނު މެޗުގައި އެމްޒެޑްޖީ މޮޅުވީ އެލްޓީ ސްޕޯޓްސް ކުލަބާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގައި އެމްޒެޑްޖީގެ އިބްރާހިމް ބިޝާރު ލަނޑެއް ޖަހައިދިންއިރު އަބްދުﷲ ރައުފާން ވަނީ ދެލަނޑު ޖަހައިދީފައެވެ.

Advertisement

ހެންވޭރު ދަނޑުގައި ކުޅެވުނު މެޗުން ޓެންޓް ސްޕޯޓްސް މޮޅުވީ 6-4 އިން ތުޅާދޫ އެވެންޗާސް ސްޕޯޓްސް ބަލިކޮށްގެންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ހެޓްރިކެއް ފެނިގެން ގޮސްފައެވެ. ނަސޫހް ސައީދާއި ނާފިޒް އަބްދުﷲ އަދި އިބްރާހިމް ފައިސަލްގެ އިތުރުން މުހައްމަދު ހަމީދު ޓެންޓް ސްޕޯޓްސްގެ ލަނޑުތައް ކާމިޔާބު ކޮށްދިންއިރު ތުޅާދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނައުޝާދާއި އިބްރާހިމް އާދިލްއެވެ.

މިމެޗުގެ ދެ ހެޓްރިކް ފެނިގެންދިޔައީ ޓެންޓް ސްޕޯޓްސްގެ ނަސޫހް އާއި ތުޅާދޫގެ ނައުޝާދެވެ.

ތިންވަނަ ޑިވިޝަނުގައި ދެން މެޗެއް ކުޅެވިގެންދާނީ އަންނަ އަންގާރަ ދުވަހުއެވެ. އެދުވަހު ހަވީރު 15:45 ގައި އެފްއޭއެމް 1 ނަމްބަރުގައި ގުރޫޕް 4ގެ ދަނޑު ގޯޅިއާއި ރޮކް ސްޓްރީޓް ބައްދަލުކުރާއިރު ގުރޫޕް 5ގެ ރިވަލްސާ އާއި މުއިވެޔޮ ފްރެންޑްސް ބައްދަލުކުރާ މެޗު ކުޅެވިގެންދާނީ ހެންވޭރު ދަނޑުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *