އެލްކިއު އާއި ސުޕަރ ޔުނައިޓެޑުގެ މެޗު އެއްވަރުވެގެން ނިމިއްޖެ

Advertisement

އެލްކިއު އާއި ސުޕަރ ޔުނައިޓެޑުގެ މެޗު އެއްވަރުވެގެން ނިމިއްޖެ

ފަހުމިނެޓް

އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގުރޫޕް 6 ގެ އެލްކިއު ސްޕޯޓްސް ކުލަބާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗު 3-3 ގެ ނަތީޖާއަކުން ނިމިްޖެއެވެ.

މިއީ މިއަހަރުގެ ތިންވަނަ ޑިވިޝަނުގައި އެއްވަރުވެގެން ނިމުނު ފުރަތަމަ މެޗެވެ. ޖުމްލަ ހަ ގޯލު ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ އެލްކިއު ސްޕޯޓްސް އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ މުނާޒެވެ.

Advertisement

އެލްކިއުގެ އިސްމާއިލް ވިފާގު އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްދީފައި ވަނިކޮށް އޭގެ ދެމިނެޓު ފަހުން އަހުމަދު ސިމްހާން ވަނީ އެލްކިއު އަށް އެޓީމުގެ ފުރަތަމަ ލަނޑު ޖަހާދީފައެވެ. އަދި 25 ވަނަ މިނިޓުގައި ހަސަން އަޒުވާން ސުޕަރ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު ފުރަތަމަ ހާފު ނިމުމުގެކުރިން އިބްރާހިމް ޖުނާހު ވަނީ އަލުން ލީޑު ނަގާދީފަެވެ.

ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ވެގެން ދިޔައީ ސުޕަރ ޔުނައިޓެޑުގެ ސިމްހާން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ތިންވަނަ ޑިވިޝަނުގައި މާދަމާ ހަވީރު ދެމެޗެއް ކުޅެވިގެން ދާނެއެވެ. އެފްއޭއެމް 1 ނަންބަރު ޓާފުގައި ގުރޫޕް 7 ގެ ކުލަބް ޑްރިބްލިން ސްޓާސް އާއި ސެންޓް ސްޕޯޓްސް ކުލަބު ބައްދަލުކުރާއިރު ގުރޫޕް 8 ގެ ދި ބައުސް ސްޕޯޓްސް ކުލަބް ކާސިންޖީ (ކުލަބާއި ސީކޭ) ބައްދަލުކުރާ މެޗު ކުޅެވިގެންދާނީ ހެންވޭރު ދަނޑުގައެވެ. މިދެމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ 15:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *