އޮލިމްޕިކް ކޮލިފައިން މުބާރާތަށް އަންހެން ފުޓުބޯޅަ ޓީމް ފަލަސްތީނަށް

Advertisement

އޮލިމްޕިކް ކޮލިފައިން މުބާރާތަށް އަންހެން ފުޓުބޯޅަ ޓީމް ފަލަސްތީނަށް

ފަހުމިނެޓް

2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ ހޫނުމޫސުމުގެ އޮލިމްޕިކްސްގައި ހިމެނޭ އަންހެން ފުޓުބޯޅަ މުބާރާތަށް ކޮލިފައިވާ އޭޝިއާގެ ޓީމުތައް ކަނޑައެޅުމަށް ކުޅޭ ކޮލިފައިން މުބާރާތެއްގައި ވާދަކުރަން ރާއްޖޭގެ ސީނިއާ އަންހެން ގައުމީ ފުޓުބޯޅަ ޓީމް މިއަދު ފަލަސްތީނަށް ފުރައިފިއެވެ.

މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ޖަޕާނަށް އޮތަމެޓިކު ޖާގައެއް ލިބޭއިރު، ކޮލިފައިން ކުރިއަށް ގެންދާނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ. މިދިޔަ ޖޫން މަހުގެ ފީފާ ރޭންކިން އަށް ބެލުމަށް ފަހު، ޖަޕާން ފިޔަވާ އެންމެ ކުރީގައިވާ އޭޝިޔާގެ ފަސް ޓީމަށް ވަނީ ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ދީފައެވެ. އެގައުމުތަކަކީ އޮސްޓްރޭލިއާ، އުތުރު ކޮރެއާ އަދި ޗައިނާގެ އިތުރުން ދެކުނު ކޮރެއާއާއި ތައިލެންޑެވެ. އަދި ރޭންކިންގައި ހަވަނަ އަދި ހަތްވަނަ ލިބޭ ވިއެޓްނާމާއި އުޒްބަކިސްތާނަށް ވަނީ ދެވަނަ ބުރުން ޖާގަ ދީފައެވެ.

ފީފާ ރޭންކިންގެ 119 ވަނަ އަދި އޭޝިއާގެ ރޭންކިންގެ 22 ވަނަ ލިބޭ ދިވެހިރާއްޖެ ވާދަކުރާ ފުރަތަމަ ބުރުގައި ހަތަރު ގުރޫޕެއް ހިމެނޭއިރު އޭގެތެރެއިން ދެވަނަ ބުރަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން ތިންވަނައަށް ދާޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެވެ. ޖޯޑަން އާއި އިންޑޮނޭޝިއާ އަދި ފަލަސްތީނާއެކު ދިވެހިރާއްޖެ ހިމެނިފައިވަނީ ގުރޫޕް ޑީގައެވެ.

ދެވަނަ ބުރުގައު ވާދަކުރާ 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު ތިންވަނަ ބުރަށް ހޮވޭނީ ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ ހޯދާ ޓީމަކަށެވެ. އަދި ތިންވަނަ ބުރުގައި ވާދަކުރާ 8 ޓީމު ކުޅޭނީ ދެގުރޫޕަކަށް ބަހާލައިގެންނެވެ. ތިންވަނަ ބުރު ނިމޭއިރު ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި ދެވަނައަށްދާ ހަތަރު ޓީމު ހަތަރުވަނަ ބުރަށް (ފައިނަލް ބުރަށް) ހޮވިގެން ދާނެއެވެ. މި ބުރުގައި ކުޅެވޭ ފައިނަލް ދެމެޗުން މޮޅުވާ ދެޓީމެއް 2020 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި އޮންނަ އޮލިމްޕިކްސްގައި އަންހެން ފުޓުބޯޅަ މުބާރާތަށް ކޮލިފައިވާނެއެވެ.

ރާއްޖޭގެ އަންހެންޓީމު ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު 8 ވަނަ ދުވަހު ޖޯޑަން އާދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ނޮވެމްބަރު 11 ވަނަ ދުވަހު ނުކުންނާނީ އިންޑޮނޭޝިއާ އާދެކޮޅަޑެވެ. ނޮވެމްބަރު 13 ވަނަދުވަހު ފުރަތަމަ ބުރުގެ އެންމެ ފަހުމެޗުގައި ރާއްޖެ ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

ސާފްގެ ގައުމުތަކުގެތެރެއިން މި ކޮލިފައިންގައި ބައިވެރި ނުވަނީ ބޫޓާން އާއި ސްރީ ލަންކާ އަދި ޕާކިސްތާނެވެ. ބައިވެރިވި ސާފްގެ އަނެއް ތިން ގައުމު ކަމަށްވާ އިންޑިޔާ އާއި ނޭޕާލް އަދި ބަންގްލަދޭޝް ހިމެނެނީ މިޔަންމާއާއެކު ގުރޫޕް ސީގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *