ބޮޑު މޮޅަކާއެކު ސިޓީ އެއްވަނައަށް

Advertisement

ބޮޑު މޮޅަކާއެކު ސިޓީ އެއްވަނައަށް

ފަހުމިނެޓް

އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަން 6-1 އިން ބަލިކޮށް، މެންޗެސްޓާ ސިޓީއިން އަލުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސިޓީއިން މެޗުގައި ޖެހި ފުރަތަމަ ގޯލު ފެނިގެންދިޔައީ ހަވަނަ މިނިޓުގައެވެ. މިގޯލަކީ ސިޓީގެ ލީރޮއޭ ސާނޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ސާފްކޮށްލަން އުޅުމުގެ ތެރޭގައި ސައުތެމްޓަންގެ ވެސްލޭ ހޮއެޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ހަމިނިޓު ފަހުން މެޗުގެ ބާރަވަނަ މިނިޓުގައި ރަހީމް ސްޓާލިންގެ ޕާހަކުން ސާޖިއޯ އަގުއެރޯ ލަނޑެއް ޖެހިއިރު، ސާނޭގެ ހީތެރިކަމާއެކު 18 ވަނަ މިނިޓުގައި ސިޓީގެ ތިންވަނަ ލަނޑު ޖަހައިދިނީ ޑޭވިޑް ސިލްވާ އެވެ.

Advertisement

ސައުތެމްޓަންގެ ހަމައެކަނި ގޯލު ފެނިގެންދިޔައީ ލިބުނު ޕެނަލްޓީއަކުން ޑެނީ އިންގްސް އެވެ. މެޗުގެ 30 ވަނަ މިނިޓުގައި ލިބުނު މި ޕެނަލްޓީއަކީ ސިޓީގެ ޕެނަލްޓީ އޭރިޔާތެރެއިން ކީޕަރު އެޑަސަން، އިންގްސް އަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީއެކެވެ.

ސިޓީގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ސްޓާލިން ކާމިޔާބު ކޮށްދިންއިރު މި ދެލަނޑުވެސް ޖަހަން މަގުފަހި ކޮށްދީފައިވަނީ އަގުއެރޯ އެވެ. އެޓީމުން ޖެހި ހަވަނަ ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި ސްޓާލިންގެ އެހީތެރިކަމާއއެކު ކާމިޔާބު ކޮށްދިނީ ސާނޭއެވެ.

މިނަތީޖާއާއެކު 29 ޕޮއިންޓާއެކު ސިޓީއިން ލީގު ތާވަލުގެ އެއްވަނައަށް އެރިއިރު ދެވަނައިގައި ޗެލްސީ އޮތީ 27 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ލިވަރޕޫލް އޮތްއިރު ހަތަރުވަނައިގައި އޮތީީ ޓޮޓެންހަމް ހޮޓްސްޕާއެވެ. ފަސްވަނަ އާސެނަލް އަށް ލިބޭއިރު، ބޯންމައުތާ އެއްވަރަށް ޕޮއިންޓް ހޯދައިގެން އެޓީމުގެ ފަހަތުގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ ހަތްވަނައިގައެވެ.

ތާވަލުގެ އެންމެ ފުލުގައި އޮތް ދެޓީމު ކަމަށްވާ ހަޑާސްފީލްޑް ޓައުން އާއި ފުލަމް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 01:00 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *