ޑޯޓްމަންޑް މޮޅުވިއިރު ފްރައިބާގުން ބެޔާން މިއުނިކް ހިފަހައްޓައިފި

Advertisement

ޑޯޓްމަންޑް މޮޅުވިއިރު ފްރައިބާގުން ބެޔާން މިއުނިކް ހިފަހައްޓައިފި

ފަހުމިނެޓް

ޖަރުމަން ބުންޑަސްލިގާގައި ރޭ ވުލްވްސްބާގްގެ މައްޗަށް 1-0 އިން ކުރިހޯދައިގެން ބުރޯޝިއާ ޑޯޓްމަންޑް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލިއިރު ފްރެއިބާގުން ފަހުވަގުތު ބެޔާން މިއުނިކްހިފަހައްޓައިފިއެވެ.

ޑޯޓްމަންޑް ރޭގެ މެޗުން މޮޅުވެފައި ވާއިރު އެޓީމުން ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން މާކޯ ރޮއިސް އެވެ. މިމޮޅާއެކު ޑޯޓްމަންޑް ތާވަލުގެ އެއްވަނައިގައި އޮތީ އެއްވެސް މެޗަކުން ބަލި ނުވެ، ދެވަނާގައި އޮތް ބެޔާން މިއުނިކަށްވުރެ ހަތަރު ޕޮއިންޓް އިރުތަށް ހޯދައިގެންނެވެ.

Advertisement

ބެޔާން މިއުނިކުން މެޗުގެ 80 ވަނަ މިނިޓުގައި ލީޑުނެގީ ސާޖް ގްނަބްރީގެ ގޯލަކުންނެވެ. ފްރައިބާގުން އެއްވަރުކުރި ލަނޑު ޖެހީ މެޗުނިމެން އެންމެ މިނިޓަކަށް ވެފައިވަނިކޮނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލީކަސް ހޯލާއެވެ.

ބުންޑަސްލިގގައި ރޭ ކުޅެވުނު އެހެން ބައެއް މެޗުތަކަށް ބަލައިލާއިރު، ޝާލްކާއިން ވަނީ 3-1 އިން ހަނޯވާ ބަލިކޮށްފައެވެ. އަދި އާރުބީ ލިޕްޒިގް 3-0 އިން ހާތާ ބާލިން ބަލިކުރިއިރު ބެޔާ ލެވެކޫސަން އަމިއްލަ ދަނޑުގައި ހޮފެންހެއިމް އަތުން ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *