ފޯރިގަދަ ކުޅުމަކަށްފަހު އާސެނަލްއިން ލިވަޕޫލް ހިފަހައްޓައިފި

Advertisement

ފޯރިގަދަ ކުޅުމަކަށްފަހު އާސެނަލްއިން ލިވަޕޫލް ހިފަހައްޓައިފި

ފަހުމިނެޓް

ޕްރިމިއަރ ލީގުގައި ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު އެއްވަރުވެގެން ނިމިއްޖެއެވެ.

ދެޓީމު ކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގައި ލިވަޕޫލުން ލީޑުނެގީ 61 ވަނަ މިނިޓުގައި ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖޭމްސް މިލްނާގެ ގޯލަކުންނެވެ.

އާސެނަލްއިން އެއއްވަރުކުރި ލަނޑު މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެލެކްޒެންޑަ ލަކަޒޭއެވެ.

މިއާއެކު އާސެނަލް ވަނީ މިސީޒަނުގައި މެޗަކުން ބަލިނުވެ 14 މެޗު ހަމަކޮށްފައެވެ. އަދި ލިވަޕޫލް ވެސް ލީގުގައި މިހާތަނަށް ބަލިވެފައެއް ނުވެއެވެ.

ލިވަޕޫލަށް މިމެޗު ޕޮއިންޓަކުން ފުއްދާލަންޖެހުމުން ނަތީޖާއާއެކު މެންޗެސްޓާ ސިޓީއަށް ވަނީ މިރޭ ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލިވަޕޫލަށްވުރެ ދެޕޮއިންޓް އިތުރަށް ހޯދައިގެން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު ފަހިވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *