ސޮލާރީއާއެކު ރިއާލް ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ

Advertisement

ސޮލާރީއާއެކު ރިއާލް ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ

ފަހުމިނެޓް

ސްޕެއިންގެ ރިއާލް މެޑްރިޑުގެ ކޯޗުގެ މަގާމުން ލޮޕެޓެގުއީ ވަކިކޮށް، އާ ކޯޗު ސޮލާރީގެ އިރުޝާދުގެ ދަށުން އެޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅެއް ހޯދައިފިއެވެ.

ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރިއާލް މެޑްރިޑު މޮޅުވީ ރިއާލް ވަލަޑޮލިޑާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ރިއާލް މެޑްރިޑުން ޖެހި ދެގޯލުވެސް ފެނިގެންދިޔައީ މެޗުގެ ފަހު ދިހަމިނިޓުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ލަނޑަކީ ވަލަޑޮލިޑާގެ ޑިފެންޑަރެއްގެއަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބަދަލު ކުޅުންތެރިއެއްގޮތުގައި ކުޅެން އެރި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ބޯޅައެއް ބޭރުވާން ދަނިކޮށް ގޯލުގެތެރަށް ވަނީ ކިކޯ އޮލިވާސް ގައިގައި ޖެހިފައެވެ.

ސޮލާރީގެ އިރުޝާދުގެ ދަށުން ވިނީޝިއަސް ވަނީ މިސީޒަނުގައި ރިއާލް މެޑްރިޑުގެ ބީ ޓީމަށް ކުޅެދިން ފަސް މެޗުން ހަތަރު ގޯލު ކާމިޔާބު ކޮށްފައެވެ.

އޭގެ ދެމިނެޓު ފަހުން ކަރިމް ބެންޒެމާއަށް އޭރިޔާ ތެރެއިން ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ކާމިޔާބުކުރީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ރިއާލް މެޑްރިޑް މޮޅުވި ނަމަވެސް އެތްލެޓިކޯ މެޑްރިޑް ތާވަލުގެ ރެލިގޭޝަން ޒޯނުގައި އޮތް ލެގަނީސްއާ ބައްދަލުކުރި މެޗު ފުއްދާލަންޖެހުނީ ޕޮއިންޓަކުންނެވެ. ހިލޭޖެހުމަކުން 69 ވަނަ މިނިޓުގައި އެންޓޮއިން ގްރީޒްމަން ލީޑު ނަގާދީފައި ވަނިކޮށް ލެގަނީސްއިން އެއްވަރުކުރީ މެޗުގެ 82 ވަނަ މިނިތުގައެވެ.

ލެގަނީސް ލީގުގައި މިހާތަނަށް ދެމެޗުން މޮޅުވެފައި ވާއިރު އެޓިމު ވަނީ ބާސެލޯނާ ބަލިކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *