ޔުނައިޓެޑުން ފަހުވަގުތު ބޯންމައުތު ބަލިކޮށްފި

Advertisement

ޔުނައިޓެޑުން ފަހުވަގުތު ބޯންމައުތު ބަލިކޮށްފި

ފަހުމިނެޓް

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު މިއަދު ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗު ފަހަތުންއަރާ އެޓީމުން 2-1 އިން ކާމިޔާބުކޮށްފިއެވެ.

ފަހަތުންއަރާ ބޯންމައުތު ބަލިކުރި މިމެޗަށް ނެގި ސްކޮޑުން ޔުނައިޓެޑުގެ ބެލްގިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ބާކީކޮށްފައެވެ. އޭނާގެ ބަދަލުގައި ކޯޗް ހޯސޭ މޮރީނިއޯ ވަނީ އެލެކްސިސް ސަންޗޭޒް މިރޭގެ މެޗަށް ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

Advertisement

ބޯންމައުތުން ވަނީ މެޗުގެ 11 ވަނަ މިނިޓުގައި ލީޑު ނަގާފައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ފޯވަޑް ކަޔުމް ވިލްސަންއެވެ. މެންޗެސްޓާ ޔުނައިޓެޑުން އެއްވަރުކުރި ގޯލު 35 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސަންޗޭޒް ނަގައިދިން ހުރަހަކުން އެންތޮނީ މާޝިއާލްއެވެ.

ދެވަނަ ހާފު ފެށިގެން މެންޗެސްޓާ ޔުނައިޓެޑުން ގާތްގާތުގައި ބޯންމައުތުގެ ގޯލަށް ނުރައްކާކުރިއިރު ވަނީ ފުރުސަތުތަކުގެ ބޭނުން ނުކުރެވިފައެވެ. އޭޝްލީ ޔަންގް ހިލޭޖެހުމަކުން ފޮނުވާލިބޯޅަ ހުރަސް ދަނޑީގައި ޖެހި، އަލުން ކުޅުމުގެތެރެއަށް އައި ބޯޅަ މާކަސް ރަޝްފޯޑް ފޮނުވާލުމުން ހުރަހަކަށްވީ ބޯންމައުތުގެ ޑިފެންޑަރ ނަތަން އަކީ އެވެ. އަދި އަކީ ދިފާއުކުރި ބޯޅަ ޕޮގްބާ އަށް ލިބުނުވަގުތު ގޯލަށް ފޮނުވާލުމުން ގޯލް ރޮނގު މަތިން ދިފާއުކުރީ ޑޭވިޑް ބްރޫކްސް އެވެ.

މެޗު ނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށް ބޯންމައުތަށް ވަނީ އަލުން ލީޑުނަގަން ރަހގަޅު ފުރުސަތެއް ލިބިފައެވެ. ބްްރޫކްސް އޭރިޔާތެރެއިން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެޔާއެވެ.

ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑުގެ ލިންގާޑުވެސް ވަނީ ބާރު ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ބޯންމައުތުގެ ކީޕަރު ބެގޮވިޗް ވަނީ ހުށިޔާރުކަމާއެކު ލިންގާޑުގެ ހަމަލާ މަތަކޮށްފައެވެ.

ޔުނައިޓެޑު މޮޅުވި ލަނޑު، ބޯންމައުތުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ބޭނުންހިފައި މެޗުގެ އެންމެ ފަހު މިނިޓުގައި ޖަހައިދިނީ ރަޝްފޯޑެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *