ޓޮޓެންހަމްގެ 58 އަހަރުވީ ރެކޯޑް ޕީއެސްޖީއަށް

Advertisement

ޓޮޓެންހަމްގެ 58 އަހަރުވީ ރެކޯޑް ޕީއެސްޖީއަށް

ފަހުމިނެޓް

ފްރާންސް ލީގު 1 ގައި ރޭ ޕީއެސްޖީ އިން ލީލް ބަލިކޮށް، އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާގެ 58 އަހަރުވީ ރެކޯޑް މުގުރާލައިފިއެވެ. ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ފަސް ލީގުގެ ތެރެއިން ލީގު ފެށިގެން، ޖެހިޖެހިގެން އެންމެ ގިނަ މޮޅު ހޯދި ޓީމުގެ ރެކޯޑް ޕީއެސްޖީއަށް ލިބެނީ ލީގުގައި މިހާތަނަށް މިސީޒަނުގައި އެޓީމު ކުޅުނު 12 މެޗުންވެސް މޮޅުވެގެންނެވެ.

މީގެ ކުރިން މި ތެކޯޑް ޓޮޓެންހަމް އަތުގައި އޮތީ 1960-61 ގެ ސީޒަނުގައި ޖެހިޖެހިގެން 11 މެޗުން މޮޅުވެގެންނެވެ.

ޕީއެސްޖީއިން ރޭގެ މެޗު 2-1 އިން ކާމިޔާބުކުރިއިރު މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިއާއީ 70 ވަނަ މިނިޓުގައެވެ. އޭރިޔާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން މި ގޯލު ކާމިޔާބު ކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މިއީ ލީގުގައި އޭނާ ކުޅުނު އަށް މެޗުން ޖެހި 11 ވަނަ ގޯލެވެ. އަދި މިސީޒަނުގައި މިހާތަނަށް އޭނާ ވަނީ ކުޅުނު ޖުމްލަ 11 މެޗުގައި 13 ގޯލު ޖަހާފައެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑު ނޭމާ ކާމިޔާބު ކޮށްދިންއިރު އިތުރުވަގުތުގެ އެންމެ ފަހު މިނިޓުގައި ލީލް އަށް ސުން ކަނޑުވާލަދިނީ ލިބުނު ޕެނަލްޓީއަކުން ނިކޮލަސް ޕެޕޭ އެވެ.

މި މޮޅާއެކު ޕީއެސްޖީ މިހާރު ލީގު ތާވަލުގެ އެއްވަނާގައި އޮތީ ދެވަނާގައި އޮތް ލީލް އަށް ވުރެ 11 ޕޮއިންޓް ކުރީގައި، 36 ޕޮއިންޓާ އެކުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *